ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމުގެ ބިލަށް ތާއީދު ނުކުރައްވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

މި ސަރުކާރަށް 1 އަހަރު ފުރުމާއި ގުޅިގެން އެކަން ފާހަގަ ކުރުމަށް މިރޭ ބޭއްވި ޖަލްސާއަށްފަހު މަގުމަތިން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މީޑިއާ ބިލަށް ތާއީދު ނުކުރައްވާ ކަމަށާއި، އެ ބިލް ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ބޭރު ކުރާނެ ކަމަށެވެ.

އަދި އެ ބިލް އެމަނިކުފާނު ވެސް ބަލައި ނުގަންނާނެކަމަށް ވިދާޅުވިއެވެ.

ނޫސްވެރިޔާގެ ސުވާލަށް ކުރުކޮށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވަނީ ނޫސްވެރިކަމަށް ހުރަސްއެޅޭ ކަމެއް ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ރައީސް މިކަމުގައި ސާފުކޮށް ބިލާއި ދެކޮޅުކަން ހާމަ ކުރައްވާފައި މިވަނީ، އެ ބިލުން މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭކަމަށް ބުނެ ޖާނަލިސްޓް އެސޯސިއޭޝަނުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައި ވަނިކޮށެވެ.

އަދި އެކަމުގައި ރައީސް އާއި މަޝްވަރާ ކުރުމަށް އެޕޮއިންޓްމަންޓަށް ވެސް އެ ޖަމިއްޔާއިން އޮތީ އެދިފައެވެ.

ރައީސް އެ ބިލާއި ދެކޮޅުކަން ހާމަ ކުރައްވާފައިވާތީ ޖާނަލިސްޓް އެސޯސިއޭޝަނުން މިރޭ ވަނީ އެމަނިކުފާނަށް ޝުކުރު އަދާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން