އަންނަ އަހަރު ރާއްޖޭގެ ހުރިހާ ރަށެއްގައި ޕްރޮޖެކްޓްތައް ހިންގާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ޒަމީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހާޒިރުވެވަޑަައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް ހިންގަން ކަނޑައަޅާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވާ ލިސްޓުގެ ތަރުތީބުން ކަމަށެވެ. އަދި އަންނަ އަހަރު ރާއްޖޭގެ ހުރިހާ ރަށެއްގައި ޕްރޮޖެކްޓްތައް ހިންގާނެ ކަމަށް ޒަމީރު ވިދާޅުވިއެެވެ. މިނިސްޓަރު ޒަމީރު ވިދާޅުވީ ތަރައްގީގެ ލިސްޓުން އެއްވެސް ރަށެއް އުނިވެފައެއް ނޯންނާނެ ކަމަށެވެ.
"އަންނަ އަހަރު ތެރޭގައި ވެސް ޕްރޮޖެކްޓް ފަށަން ހުރިހާ ރަށެއް ސިޓީތަކާއި މާލެއާ ވެސް އެކުގައި އޮތީ ރޭވިފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ބަޖެޓުގައި ފޮތުގައި ބުނާގޮތުން ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާއިރު އޭގެ ތެރެއިން ސަރުކާރުން އަލަށް ހިމެނި ޕްރޮޖެކްޓްތަކަށް ތިން ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ، ޕްރޮޖެކްޓްތަކަށް ބޭނުންވާ ފަންޑު ކަނޑައަޅައި، ރައީސަށް ހުށަހަޅުއްވާފައިވާ ކަމަށެެވެ. އަދި ޕްރޮޖެކްޓްތައް ކުރިއަށް ގެންދާނީ އެމަނިކުފާނު ކަނޑައަޅާފައިވާ އިސްކަންދޭ ތަރުތީބުން ކަން ޒަމީރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވަނީ ޕްރޮޖެކްޓްތަކުގެ ތަފްސީލުތައް ބަޖެޓުން ޖާގަ ލިބޭ މިންވަރަކުން އިއުލާނު ކުރަމުން ދާނެކަން ހާމަކުރަށްވާފަައެވެ.
މިއަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް 1.5 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު މިއަހަރު ޕީއެސްއައިޕީއަށް 11 ބިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު