މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު
މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު
ބައެއް ކަހަލަ ކަންކަމުގައި ސަރުކާރުން މަޝްވަރާ ކުރަން ނުޖެހޭނެ ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

މެންބަރު އިބްރާހިމް މިމޭރުމުން ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓުގައި ގިނަ ސަބްސިޑީތަކެއް ކަނޑާލާފައިވާއިރު އެކަމާމެދު ރައްޔިތުންނާ މަޝްވަރާކޮށްފައި ނުވުމަކީ ކަންބޮޑުވުމެއް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވުމާ ގުޅިގެންނެވެ.

އެގޮތުން މެންބަރު އިބްރާހިމް ވިދާޅުވީ ސަރުކާރެއް ރައްޔިތުން އިންތިޚާބުކުރަނީ ބޮޑެތި ބާރުތަކަކާއި ޒިންމާތަކެއް ޙަވާލު ކުރުމަށްފަހު ކަމަށެވެ. އެހެންކަމުން ރައްޔިތުން އެދޭ މިސްރާބަށް ޤައުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލާއިރު ކޮންމެ ކަމެއްގައި މަޝްވަރާކުރަން ޖެހޭނެ ކަމަށް ދެކެވަޑައި ނުގަންނަވާކަމަށް މެންބަރު އިބްރާހިމް ވިދާޅުވިއެވެ.

ހަމައެއާއެކު އަންނަ އަހަރަށް ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓަކީ ވަރަށް ފުރިހަމަ ބަޖެޓެއްކަން ފާހަގަ ކުރަށްވަމުން މެންބަރު އިބްރާހިމް ވިދާޅުވީ ބަޖެޓު ތައްޔާރު ކުރާއިރު ތުއްތު ކުދިންގެ ލަފާ ސަރުކާރުން ނުހޯދާނެ ކަމަށެވެ.

"ބައެއް ދާއިރާތަކުން އެބޭފުޅުންގެ ޚިޔާލު ނުހޯއްދަވާ ވާހަކަ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ތުއްތު ކުދިންނާއި ކުޑަކުދިންގެ ތަރައްގީއަށް ބައެއް ކަހަލަ ކަންކަމުގައި ތުއްތު ކުދިންގެ ލަފާއެއް ނުހޯދޭނެ." މެންބަރު އިބްރާހިމް މިއަދު ވިދާޅުވިއެވެ.

މެންބަރު އިބްރާހިމް މިހެން ވިދާޅުވެފައިވާއިރު މިއަދުގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު ކުޑޫ ވިދާޅުވީ ތެލުގެ ސަބްސިޑީފަދަ ގިނަ ސަބްސިޑީތައް ކަނޑާލުމުން އެކަމުގެ ސީދާ އަސަރު ރައްޔިތުންނަށް ކުރާނެ ކަމަށެވެ. އަދި އެއްވެސް ރޭވުމެއް ނެތި ކުއްލި ކުއްލިއަށް އިޖުތިމާޢީ ރައްކާތެރިކަމާގުޅޭ ސިޔާސަތުތައް ބަދަލު ކުރުމުގެ ކުރިން ރައްޔިތުންނާ މަޝްވަރާ ކުރަށްވަން ޖެހިވަޑައިގަންނަވާނެ ކަމަށްވެސް ކުޑޫ ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން