ކުރީގެ ރައީސް، އިބްރާހިމް މުޙައްމަދު ސާލިޙް ނޫންގޮތެއް ހޯދުން އެހާ ސަޅިއެއް ނުވި ކަމަށް ވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒެއިނާާ އާދަމް ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފަށް ރައްދު ދެއްވައިފިއެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ ރައީސް މުޢިއްޒު އިތުރުފުޅު ހައްދަވާ ކަމަށް ވިދާޅުވެ އެމަނިކުފާނަށް ތެރަޕީ ދޭންޖެހޭ ކަމަށާއި ޕޮރެފެޝަނަލް އެހީތެރިކަން ހޯދަންޖެހޭކަމަށް ވިދާޅުވެ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ އަންހެނުން ރޫޙުގެ ރައީސް އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ މި ސަރުކާރަކީ ހަސަން ލަތީފާއި އޭނާގެ ދަ ޑިމޮކްރެޓްސްގެ ޕާޓީން ރައްޔިތުންނަށް ދެއްވި ހަދިޔާ އެއް ނޫންތޯ ސުވާލު ކުރަށްވާފައެވެ.



"އިބޫ ނޫން ގޮތެއް ހޯދުން އެހާ ސަޅިއެއް ނުވި ދެއްތޮ،" ހަސަން ލަތީފަށް ރައްދު ދެއްވައި ރޮޒެއިނާ ވިދާޅުވިއެވެ.

ސަރުކާރަށް އެއްއަހަރު ފުރުމާއި ދިމާކޮށް ދަ ޑިމޮކްރެޓްސްގެ ރައީސް ޙަސަން ލަތީފް ވިދާޅުވީ ސަރުކާރަށް އެއް އަހަރުވީއިރު ފެންނަމުންދަނީ ރައްޔިތުންގެ ކަންބޮޑުވުމާއި މާޔޫސްކަން ކަމަށެެވެ. އަދި ފެންނަމުންދަނީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމުގެ ނިޔަތްނެތްކަން ކަމަށާއި ބޮއްސުން ނުލާ އެއްވެސް ދާއިރާއެއް ނެތްތަން ކަމަށް ޙަސަން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިދިޔަ އެއް އަހަރު ފެނިގެންދިޔައީ ރައްޔިތުންގެ އަތްމަތި އިންތިހާއަށް ދަތިވިތަން ކަމަށެވެ. އަދި ފެނިގެންދިޔައީ ރައީސް މުއިއްޒުގެ ރުންކުރުކަމާ ޖަދަލުކުރެއްވުމުގެ ހުތުރު ސިފަ ކަމަށް ޙަސަން ވިދާޅުވިއެވެ.

މިދިޔަ ރިޔާސީ އިންތިޚާބު ދުވަސްވަރު އޭރު އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުން ބޮޑުވެ، ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އެކީގައި އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދީ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވުމުންނެވެެ. ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްއިން އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުޙައްމަދު ސާލިޙާއި ދެކޮޅަށް ވަނީ ވާދަކޮށްފައެެވެ.

ސާލިޙާއި ރައީސް މުޢިއްޒު ދެވަނަ ބުރަކަށް ދިޔުމުން ވެސް ޑިމޮކްރެޓްސް އިން ރައީސް ސާލިޙަށް ތާއިދުކުރުމުގެ ބަދަލުގައި ވަކި ކޮޅަކަށް ރަސްމީކޮށް ތާއިދެއް ނުކުރެއެެވެ. އެހެން ނަމަވެސް މި ސަރުކާރު ވެރިކަމަށް އައީ ޑިމޮކްރެޓްސް އެހީތެރިކަމާއެކު ކަމަަށް އެޕާޓީގެ އިސްބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ. އަދި ޑިމޮކްރެޓްސް އަށް ސަރުކާރު ބައެއް ސިޔާސީ ވަޒީފާ ތަކެއް ދޭން ނުރަސްމީކޮށް ވާހަކަތަކެއް ދެއްކި ކަމުގެ އަޑުތަކެއް ވެސް ފެތުރުނެވެ.

އެހެން ނަމަވެސް ފަހަކަށް އައިސް ޑިމޮކްރެޓްސް އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެެވެ. ސަރުކާރާ އެކުގައި މަސައްކަތްކުރަން ދަ ޑިމޮކްރެޓްސް ޕާޓީގެ އިސް ބޭފުޅުންތަކެއް މީގެ ކުރިން ރައީސް މުޢިއްޒާއި ވަނީ މަޝްވަރާވެސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން