މަނިޓަރީ ޕޮލިސީއާ ގުޅޭ ކަމެއްގައި ރައީސަށް ގަދަބަސް ބުނެވެނީ ކޮން އުސޫލަކުން ކަމާމެދު ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސުވާލު އުފައްދަވައިފިއެވެ.
އަމީރު މިހެން ވިދާޅުވެފައިވަނީ ރިސޯޓްތަކާއި ގެސްޓްހައުސްތަކުން ރާއްޖެއަށް އެތެރެވާ ޑޮލަރު އެމްއެމްއޭއަށް މާރުކުރަންޖެހޭ ގޮތަށް އެކުލަވާލާފައިވާ ޤަވާއިދު ބަދަލު ނުކުރަށްވާނެކަމަށް ރައީސް ޑރ. މުޢިއްޒު ރޭ ވަނީ ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
އެގޮތުން އަމީރު ވަނީ ޑޮލަރު މާރުކުރުމުގެ ގަވާއިދު އެކުލަވާލާފައިވަނީ ރާއްޖޭގެ ސެންޓްރަލް ބޭންކުން ނޫންތޯ ސުވާލު އުފައްދަވާފައެވެ. އަދި ގަވަރުނަރާއި ރައީސް އެކަކަށް ބަދަލުވީތޯވެސް އަމީރު ސުވާލު އުފެއްދެވިއެވެ.
"ކޮން އުސޫލަކުންތޯ ރާއްޖޭގެ "މަނިޓަރީ ޕޮލިސީ" އާ ގުޅޭ ކަމެއްގަ މި ގޮތަށް ރައީސް އަށް ގަދަ ބަސް ބުނެވެނީ! މިހާރު އަނެއްކާވެސް ގަވަރުނަރާއި ރައީސުލްޖުމްހުރިއްޔާ އެއްވީތޯ؟" އަމީރު ސުވާލު އުފައްދަވާފައިވެއެވެ.
ހަމައެއާއެކު އަމީރު ވަނީ 'ސެންޓްރަލް ބޭންކް'ގެ މިނިވަންކަން ކޮމްޕްރޮމައިޒް ނުކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. އަދި ސިޔާސީ ފިކުރުގައި އެ ފުރުސަތު ސަރުކާރަށް ނުދިނުމަށްވެސް ގަވަރުނަރު އަރިހުން އަމީރު އެދިވަޑައިގެންނެވިއެވެ.
"ތި ގަވާއިދު ބަދަލު ނުކުރުމަކީ އެމް.އެމް.އޭ ގެ ސިޔާސަތަކަށް ވި ނަމަވެސް މިގޮތަށް ރައީސް ވިދާޅުވުމުން އެމް.އެމް.އޭ ގެ މިނިވަންކަމަށް އުނިކަން އާދޭ އަދި ހައިބަތު ކުޑަވެގެން ދޭ." އަމީރު ވިދާޅުވިއެވެ.
އޭގެ އިތުރުން އަމީރު ވިދާޅުވީ މިއީ މާލީ ގޮންޖެހުންތައް ރާއްޖެއަށް ކުރިމަތިވެފައިވާ ދަނޑިވަޅެއް ކަމަށެވެ.
"ޓެކްސްތައް ބޮޑުކޮށް، އާސަންދަ ކަނޑާލާ، ސަބްސިޑީތައް ކަނޑާލާ، ވިޔަފާރިތައް ހުއްޓި ބަނގުރޫޓް ވަމުންދާ މިދަނޑިވަޅުގައި ސަރުކާރާއި ކުންފުނިތަކުގެ އެންމެން އެއްކޮށްގެން މިލިއަނުން ޚަރަދުކުރާއިރު ތި ދެވޭ ސިގްނަލާމެދު ވިސްނާލެވުނުތޯ؟" ސަރުކާރުގެ އިޚްލާސްތެރިކަމާމެދު އަމީރު ސުވާލު އުފައްދަވާފައިވެއެވެ.
އަމީރު މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ ބޮޑެތި ބައެއް ވިޔަފާރިވެރިންވެސް އަންނަނީ ޑޮލަރު މާރުކުރުމުގެ ޤަވާއިދުގެ ސަބަބުން އެބައިމީހުންގެ ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ވާނެކަމަށް ބުނެ އެޤަވާއިދާ އެއްގޮތަށް އަމަލު ނުކުރާނެކަމަށް ބުނަމުންނެވެ.
ނަމަވެސް ރަައީސް މުޢިއްޒު ރޭ ވިދާޅުވީ، އެ ގަވާއިދަކީ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލާފައި އޮތް ގަވައިދެއް ކަމަށެވެ. އަދި އެ ކަމަކީ މިވަގުތު ވަރަށްވެސް މުހިންމު ވެފައިވާ ކަމެއްކަމަށް ވިދާޅުވެ ގަވައިދު ބަދަލު ނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ރައީސް ޑރ. މުޢިއްޒު ރޭ ވިދާޅުވިއެވެ.
އާ ޤަވާއިދުގައި ވާގޮތުން، ރިސޯޓުތަކަށް ކޮންމެ މަހަކު އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން އެ މަހެއްގައި އައިސްފައިވާ ޖުމުލަ ފަތުރުވެރިންނަށް ޖެހޭ އަދަދު، އެ މަހަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކަށް މާރުކުރަން ޖެހެއެވެ. އަދި، ގެސްޓްހައުސްތަކުން ފަތުރުވެރިއަކަށް 25 ޑޮލަރު މާރުކުރަންޖެހޭނެ ކަމަށް ގަވާއިދުގައި ބުނެއެވެ.

ގަދަ ބާރުން ވަޒީފާގެ ބިރު ދައްކައިގެން، މީހުން ޖަމާކޮށްގެން ރަސްކަލަކަށް ހެދިގެން، ވަށައިގެން އަމިއްލަ ފޮޓޯތައް ބަހައްޓާ 'ސްޕްރީމް ލީޑަރު' ހެދުނަސް ދިވެހި ރައްޔިތުންނަށް ވަރަށް ސާފު ވެރިކަމަށް އައީވެސް މަކަރާއި އޮޅުވާލުމުގެ ތެރެއިންކަން. އަދި ވެރިކަމުގަ މި ދިޔަ 1 އަހަރުވެސް…
— Ibrahim Ameer (@iameeru) November 17, 2024
އަމީރު މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ ބޮޑެތި ބައެއް ވިޔަފާރިވެރިންވެސް އަންނަނީ ޑޮލަރު މާރުކުރުމުގެ ޤަވާއިދުގެ ސަބަބުން އެބައިމީހުންގެ ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ވާނެކަމަށް ބުނެ އެޤަވާއިދާ އެއްގޮތަށް އަމަލު ނުކުރާނެކަމަށް ބުނަމުންނެވެ.
ނަމަވެސް ރަައީސް މުޢިއްޒު ރޭ ވިދާޅުވީ، އެ ގަވާއިދަކީ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލާފައި އޮތް ގަވައިދެއް ކަމަށެވެ. އަދި އެ ކަމަކީ މިވަގުތު ވަރަށްވެސް މުހިންމު ވެފައިވާ ކަމެއްކަމަށް ވިދާޅުވެ ގަވައިދު ބަދަލު ނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ރައީސް ޑރ. މުޢިއްޒު ރޭ ވިދާޅުވިއެވެ.
އާ ޤަވާއިދުގައި ވާގޮތުން، ރިސޯޓުތަކަށް ކޮންމެ މަހަކު އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން އެ މަހެއްގައި އައިސްފައިވާ ޖުމުލަ ފަތުރުވެރިންނަށް ޖެހޭ އަދަދު، އެ މަހަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކަށް މާރުކުރަން ޖެހެއެވެ. އަދި، ގެސްޓްހައުސްތަކުން ފަތުރުވެރިއަކަށް 25 ޑޮލަރު މާރުކުރަންޖެހޭނެ ކަމަށް ގަވާއިދުގައި ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު