ގައުމީ އެއާލައިން، މޯލްޑިވިއަންއަށް ވައިޑް ބޮޑީ އެއާކްރާފްޓެއް އަންނަ ޖެނުއަރީ މަހު ގެންނަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.
މި ސަރުކާރަށް އަހަރެއް ފުރުމުގެ މުނާސަބަތާ ގުޅިގެން ރޭ ބޭއްވި ހާއްސަ ހަފްލާގަައި ރައީސް މުއިއްޒު ވިދާޅުވީ ވައިޑް ބޮޑީ އެއާކްރާފްޓްތައް ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާ ކަމަށެވެ.
އެގޮތުން އަންނަ ޖެނުއަރީ މަހު އެ އެއާކްރާފްޓްތައް ގެނެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އަދި ހަމަ ޖެނުއަރީ މަހު ފުރަތަމަ ފްލައިޓް އުދުހެން ފަށާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އެކަން ފުޅާކުރެވިގެން ގޮސް އަންނަ އަހަރުގެ ތެރޭގައި ޗައިނާއާއި ޔޫރަޕްގެ ޑެސްޓިނޭޝަންތަކަށް އަޅުގަނޑުމެންގެ މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓް ދަތުރުކުރާނެ" ރައީސް ވިދާޅުވި އެވެ.
ބޮއެން ކުންފުނީގެ ބީ787-8 މަރުކާގެ ވައިޑް ބޮޑީ އެއާކްރާފްޓެއް ހޯދަން މިދިޔަ ޖެނުއަރީގައި މޯލްޑިވިއަންއިން އޮތީ އިއުލާންކޮށްފައެވެ.
މި ސަރުކާރުގެ ތަސައްވަރުގެ ތެރޭގައި ރާއްޖެއަށް ފަތުރުވެރިން އަންނަ މަންޒިލުތައް އިތުރުކުރަން ހިމެނެއެވެ.
އެހެންވެ ދުރު މަންޒިލްތަކަށް ދަތުރުުރާއިރު ވައިޑް ބޮޑީ އެއާކްރާފްޓްތައް ބޭނުންކުރަން މޯލްޑިވިއަނުން ވަނީ ޕްލޭންކޮށްފައެވެ.
ވައިޑް ބޮޑީ އެއާކްރާފްޓް ގެންނަން ނިމިގެން ދިޔަ ސަރުކާރުގައި ވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އޭގެ އަމަލީ ސިފައެއް ނުފެނުނެވެ.

ކިޔުންތެރިންގެ ހިޔާލު