ފަރުމަސްވެރިކަމުގެ ގައުމީ މުބާރާތުގައި ބައިވެރިވާން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ ހުޅުވާލައިފިއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހު ކަމަށެވެ. މި މުބާރާތަކީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މުބާރާތެއް ކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ.

މި މުބާރާތަކީ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ނުވަތަ އަމިއްލަގޮތުން ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާ ޖަމާއަތްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.

ވުޒާރާއިން ވަނީ މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ގޫގުލް ފޯމް ފުރިހަމަ ކުރުމަށްފަހު އެ ވުޒާރާއަށް ހުށައެޅުކަށް އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން