ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީ ބަދަލުކުރުމުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މަޖިލީހުން މިއަދު ގެނައި އިސްލާހުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ތަސްދީގު ކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން ޤާނޫނު އަސާސީ އަށް ގެނައި އިސްލާހުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މިއަދު ހެނދުނު ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. އެ ބިލު މަޖިލީހުން މިއަދު ހަވީރު ފާސްކުރީ 78 މެމްބަރުންގެ ވޯޓާއެކު އެވެ. އެ ބިލާއި ދެކޮޅަށް 13 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.
ޤާނޫނުއަސާސީއަށް ގެނައި އިސްލާހުގައި ބުނެފައިވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލީހަށް ވާދަކޮށްގެން އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގަައި ތަމްސީލުކުރާ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށް މެންބަރުކަމަށް އިންތިހާބުވުމަށްފަހު އެ މެންބަރަކު މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ މެންބަރުކަމުން ވަކިވާނެ ކަމަށްވެސް މި އިސްލާހުގައި ވަނީ ބުނެފައެވެ.
ރައީސް އޮފީހުން ބުނީ ޤާނޫނު އަސާސީ އަށް ގެނައި އެ އިސްލާހު ރައީސް މުޢިއްޒު މިރޭ ތަސްދީޤުކުރަށްވާފައިވާ ކަމަށެެވެ. އެމަނިކުފާނު އެބިލް ތަސްދީގުކުރެއްވުމާއި އެ ޤާނޫނު ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކޮށް އެ ޤާނޫނަށް އަމަލުކުރަން ފަށާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެެ.
މީގެ އިތުރުން ގާނޫނު އަސާސީގެ ބައެއް މާއްދާތަކަށް އިސްލާހު ގެންނަން ފާސްކުރާ ބިލްތައް ތަސްދީގު ކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ދާންޖެހޭ ގޮތަށް ގާނޫނު އަސާސީގައި އޮންނަ މާއްދާއަށް ބަދަލެއް ގެންނައިރު ވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ގޮތަށް އެ ބިލުގެ ދަށުން ވަނީ އިސްލާހުކޮށްފައެވެ. އަދި ރާއްޖޭގެ ސަރަހައްދަށް ބަދަލު ގެންނައިރު ވެސް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ ގޮތަށް އިސްލާހު ގެނެސްފައިވާއިރު ރާއްޖޭގައި ބޭރުގެ ސިފައިން ތިބުމާއި ރާއްޖޭގެ ސަރަހައްދެއް ބޭރުގެ އަސްކަރީ ބޭނުމަކަށް ދޫކުރުމުގެ އުސޫލު ވެސް އިތުރަށް ހަރުކަށިކޮށް މަޖިލީހުގެ ރުހުން ނެތި ބޭރުގެ ސިފައިން ނުތިބެވޭ ގޮތަށް ޤާނޫނު އަސާސީ އަށް ވަނީ ބަދަލުގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު