އިޒްރޭލް ޕާސްޕޯޓް މަނާކުރާ ބިލުގެ މަސައްކަތް ތާވަލާ އެއްގޮތަށް ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ ދީފިއެވެ.
ޕީއެންސީ އިން މިހެން ބުނެފައިވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލު އަވަސްކުރުމަށް ބާރުއެޅުމަށް ސަރުކާރަށް ގޮވާލާ އެމްޑީޕީން ހުށަައެޅި ގަރާރެއް ބޭރުކޮށްލުމާއި އެކަން ހިނގާދިޔަ ގޮތް ހާމަކޮށް މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ. ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ގަރާރު ބަލައިނުގަތުމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުން މިއަދު ވޯޓު ދިނީ މިއަދު މަޖިލީހުގައި ކުރަން ހުރި މަސައްކަތްތަކުގެ ވަގުތު ނަގާލުމުގެ ބޭނުމުގައި ހެޔޮ ނިޔަތެއް ނެތި މަޖިލީހަށް ވެއްދި ގަރާރެއް ކަމަށް ފެންނާތީ ކަމަށެވެ.
ޕީއެންސީން ބުނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް ބައިނަލްއަގުވާމީ މަސްރަހުގައި އެންމެ ހަރުއަޑުން ކުށްވެރިކޮށް، ގާޒާއަށް އިންސާނީ އެހީތެރިކަން ހުއްޓުމެއް ނެތި ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމު ކުރުމަށާއި، އިޒްރޭލުގެ އަނިޔާވެރި އަމަލުތަކާމެދު ޖަވާބުދާރީ ކުރުވުމަށް އެންމެ ވަރުގަދައަށް ވަކާލާތު ކުރައްވާ އެއް ލީޑަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. އެގޮތުން ރާއްޖޭގައި މީގެ ކުރިން އެއްވެސް ސަރުކާރަކުން ނުކުރާ މަސައްކަތް ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ރައީސް މުއިއްޒު ކުރައްވާ ކަން ޕީއެންސީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ފަލަސްތީނުގެ ރައްޔިތުންނަށް އެންމެ ބޮޑު މާލީ އެހީތެރިކަމެއް މިހާތަނަށް ދިނީ ވެސް ޕީއެންސީ ސަރުކާރުގެ އެއް އަހަރުގެ ތެރޭގައި ކަން ފާހަގަކޮށް ޕީއެންސީގެ ބަޔާނުގައި ބުނެފައިވަނީ ސަރުކާރާއި ޕާޓީ ވެސް ދެމި އޮންނާނީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ކަމުގެ ޔަގީންކަން ދޭ ކަމަށެެވެ.

ކިޔުންތެރިންގެ ހިޔާލު