ޓީޗަރުންގެ ގާބިލުކަން އިތުރުކުރުމަށް ރާއްޖެގެ އެކި ސަރަހައްދުތަކުގައި އެޑިއުކޭޝަން ސެންޓަރުތަކެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމުން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ އަންނަ އަހަރު އެންމެ ބޮޑަށް އިސްކަންދޭނެ އެއް ކަމަކީ ޓީޗަރުންގެ ފަންނީ ގާބިލުކަން އިތުުރު ކުރުން ކަަމަށެވެ.
އެގޮތުން އެކަމަށްޓަަކައި އަންނަ އަހަރު އެޑިއުކޭޝަން ސެންޓާ ފޯ އެކްސަލަންސްގެ ނަމުގައި ސެންޓަރުތަކެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ސެންޓަރުތަކުން ޓީޗަރުންނަށާއި ޕްރިންސިޕަލުންނަށް ބޭނުންވާ ޕްރޮފެޝަނަަލް ޑިވޮލޮޕްމަންޓް އަދި ސްކޫލު އިވެލުއޭޝަންގެ މަސައްކަތް މިހާރަށް ވުރެ ހަރުދަނާވެގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަދި މިއާއެކުގައި އެޑިއުކޭޝަން މިނިސްޓްރީގެ ތެރެއިން ބޭނުން ކުރަމުން އަންނަ މީމިސްގެ ބަދަލުގައި އާ މެނޭޖްމަންޓް އިންފޮމެޝަން ސިސްޓަމެއް އަޅުގަނޑުމެން އިރާދަކުރެއްވިޔާމު ތައާރަފްް ކުރާނަން." މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު