އަހުޒަމް އަޙްމަދު   21 ނޮވެމްބަރު 2024 - 11:1
ރާއްޖޭގެ އެންމެ ދުވަސްވީ އަދި ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަނަކަށް ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީން އިންތިހާބު ކޮށްފި އެވެ.

މުބީން އެ މަގާމަށް އިންތިހާބުކުރީ ރޭ އެ ކްލަބުން ބޭއްވި ކޮންގްރެސް ޖަލްސާގަ އެވެ.

ޗެއާމަންގެ މަގާމަށް މުބީން އިންތިހާބު ކުރިއިރު އެ މަގާމަށް ހަމައެކަނި ކުރިމަތި ލެއްވީ ވެސް އޭނާ އެވެ.

ރޭ މުބީން ވިދާޅުވީ ނިއު ރޭޑިއަންޓަށް ދަރަނީގެ މައްސަލަ ވަރަށް ބޮޑު ކަމަށާއި އޭނާ އެ މަގާމަަށް ކުރިމަތިލެއްވީވެސް އެކަން އެނގިހުންނަވައިގެން ކަމަށެވެ.

އަދި ބޮޑު ޓީމެއް އެކުލަވާލައި ކުޅުންތެރިމް ނެގުމަށް ވުރެ ބޮޑަށް ފުރަތަމަ އިސްކަން ދޭނީ ދަރަނިން ސަލާމަތް ކުރުމަށްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުބީން ކުރިން ވިދާޅުވެފައިވާ ގޮތުގައި އޭނާގެ އަމާޒަކީ ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ނިއު ރޭޑިއަންޓް އަލުން އަނބުރާ އިހުއޮތް މަގާމަށް ގެނެސް ނިއުގެ ސަޕޯޓަރުން ހެއްވާލަދިނުމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން