ނިރުބަވެރި އިސްރާއީލުގެ ބޮޑުވަޒީރު ބިންޔާމިން ނެތަންޔާހޫ ހައްޔަރު ކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން އަމުރެއް ނެރެފިއެވެ.
އައިސީސީން މި އަމުރު ނެރެފައިވަނީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލްއާންމާއި ގުޅިގެންނެވެ. ނެތަންޔާހޫގެ އިތުރުން އޭނާގެ ސަރުކާރުގެ ކުރީގެ ދިފާއީ ވަޒީރު ޔޮއާވް ގަލާންޓް ހައްޔަރުކުރަން ވެސް އައިސީސީން ވަނީ އަމުރު ނެރެފައެވެ.
ނެތަންޔާހޫގެ އިތުރުން ހަމާސް ޖަމާއަތުގެ ލީޑަރު މުހައްމަދު ދިއާބް އިބްރާހިމް އަލްމަސްރީ ހައްޔަރުކުރަން ވެސް އައިސީސީން އަމުރެއް ނެރެފައިވެއެވެ.
މި ކޯޓަކީ ގަތުލުއާންމުތަކާއި އިންސާނިއްޔަތާ ޚިލާފު ކުށްތަކާއި ހަނގުރާމައިގެ ކުށްތައް އަދި ގައުމުތަކަށް ފިޔަވަޅު ނޭޅޭ ނުވަތަ އަޅަން ބޭނުން ނުވާ މައްސަލަތައް ބަލާ ކޯޓެކެވެ.
އައިސީސީގެ މެންބަރު ގައުމުތަކުގެ ގޮތުގައި 124 ގައުމު އޮވެއެވެ. މީގެ ތެރޭގައި ރަޝިޔާ، ޗައިނާ، އިސްރާއީލް، އިންޑިއާ އަދި އެމެރިކާއެއް ނުހިމެނެއެވެ.
ޣައްޒާގައި އިސްރާއީލުން ހިނގަމުންދާ ނަސްލު ނައްތާލުމުގައި އޮކްޓޯބަރު 7، 2023 އިން ފެށިގެން މިހާތަނަށް 43،985 ފަލަސްތީނު މީހުން މަރުވެ 104،092 މީހުން ވަނީ ޒަޚަމްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު