އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ނެރުނު އަމުރަކީ ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާއި ހިލާފު ޖަރީމާތަކަށް ޖަވާބުދާރީކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލްއާންމާއި ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިތުރުން އޭނާގެ ސަރުކާރުގެ ކުރީގެ ދިފާއީ ވަޒީރު ޔޮއާވް ގަލާންޓް ހައްޔަރުކުރަން ވެސް އައިސީސީން މިއަދު ވަނީ އަމުރު ނެރެފައެވެ.
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ)ގެ ނަތަންޔާހޫ ހައްޔަރުކުރުމަށް ނެރުނު އަމުރާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއިން އެނިއްމުމަށް މަރުހަބާ ކިޔާ ކަމަށެވެ.
އެމަނިކުފާނު، ވިދާޅުވީ މިއީ ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތަކަށް ޖަވާބުދާރީ ކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެެ. ރައީސް ވިދާޅުވީ ދިވެހިރާއްޖެއިން އައި.ސީ.ސީގެ ނިންމުންތަކަށް އިޙްތިރާމްކުރާ ކަމަށާއި އެ ކޯޓުގެ ނިންމުންތަކަށް ޢަމަލުކުރުމާއި ތަންފީޒުކުރުމަކީ މުހިންމުކަމެއްކަމަށެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނު ދެމެހެއްޓުމާއި ފަލަސްތީނު ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަކީ އެ ސަރަޙައްދުގައި ސުލްޙަ ޤާއިމުކުރުމަށް ކޮންމެހެން ބޭނުންވާ ކަމެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ޣައްޒާގައި އިސްރާއީލުން ހިނގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި އޮކްޓޯބަރު 7، 2023 އިން ފެށިގެން މިހާތަނަށް 43،985 ފަލަސްތީނު މީހުން ޝަހީފުކޮށްލައި 104،092 މީހުން ވަނީ ޒަޚަމްވެފައެވެ.

The #Maldives welcomes the @IntlCrimCourt's decisions today with regard to the situation in the State of Palestine. This is a crucial step towards ensuring accountability for war crimes and crimes against humanity.
— Dr Mohamed Muizzu (@MMuizzu) November 21, 2024
The Maldives respects the decisions of the ICC and underscores…
އެމަނިކުފާނު، ވިދާޅުވީ މިއީ ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތަކަށް ޖަވާބުދާރީ ކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެެ. ރައީސް ވިދާޅުވީ ދިވެހިރާއްޖެއިން އައި.ސީ.ސީގެ ނިންމުންތަކަށް އިޙްތިރާމްކުރާ ކަމަށާއި އެ ކޯޓުގެ ނިންމުންތަކަށް ޢަމަލުކުރުމާއި ތަންފީޒުކުރުމަކީ މުހިންމުކަމެއްކަމަށެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނު ދެމެހެއްޓުމާއި ފަލަސްތީނު ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަކީ އެ ސަރަޙައްދުގައި ސުލްޙަ ޤާއިމުކުރުމަށް ކޮންމެހެން ބޭނުންވާ ކަމެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ޣައްޒާގައި އިސްރާއީލުން ހިނގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި އޮކްޓޯބަރު 7، 2023 އިން ފެށިގެން މިހާތަނަށް 43،985 ފަލަސްތީނު މީހުން ޝަހީފުކޮށްލައި 104،092 މީހުން ވަނީ ޒަޚަމްވެފައެވެ.
ކިޔުންތެރިންގެ ހިޔާލު