ގާނޫނުއަސާސީއަށް ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހުތަކާއެކު މި ގައުމުގެ ޑިމޮކްރެސީގެ އިރު އޮއްސިއްޖެ ކަމަށާއި އެހެން ނަމަވެސް ރައްޔިތުން މާޔޫސްވާން ނުޖެހޭ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ރައީސް ޢަބުދު ﷲ ޝާހިދު ވިދާޅުވީ، މަޖިލީހުން ގާނޫނު އަސާސީ އަށް ގެނައި އިސްލާހުތަކާއެކު ރާއްޖޭގެ ޑިމޮކްރަސީގެ އިރުއޮައްސިއްޖެ ކަމަށެވެ. ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކާއެކު ދައުލަތުގެ ތިން ބާރު ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުށުތެރެއަށް ލައްވައިފި ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު، ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ރައްޔިތުން މާޔޫސްކޮށްލަން ކަމަށާއި އެހެން ނަމަވެސް ރައްޔިތުން މާޔޫސްވާން ނުޖެހޭކަމަށެވެ.

ޝާހިދު ވިދާޅުވީ ސަރުކާރުން ކުރާހާ ކަމަކަށް އަޅާނުލައި އެމްޑީޕީން ބަލަން ނުތިބޭނެ ކަމަށެވެެ. އެގޮތުން ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ސަރުކާރު ޒިންމާދާރު ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އެމްޑީޕީން ކުރާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރާނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

"އަޅުގަނޑުގެ މިއަދުގެ މެސެޖަކީ އެއްވެސް ރައްޔިތަކު މާޔޫސް ނުވާށޭ، އަޅުގަނޑު ވާހަކަ ފަށަމުން ދެންނެވިން އިއްޔެ އިރުއޮއްސުނު އިރު އޭ މިކަން ސަރުކާރުން ކުރެއްވީ ރަައްޔިތުންގެ މަޖިލިސް މެދުވެރިކުރަށްވައި ރާއްޖެ އަނދިރީގެ ޒަމާނަކަށް ވައްޓަވާލެއްވީ، އެކަމަކު ދިވެހި ރައްޔިތުން ގަބޫލުފުޅު ކުރަށްވާ މާދަމާ އިރު އަރާނެ، އޮއްސޭ އިރު އަރާނެ، ﷲ ގެ ހެއު ރަޙުމަތްފުޅުން އަޅުގަނޑުމެންގެ ދުނިޔަވީ ތަޖުރިބާއަކީ އަނދިރީގެ މައްޗަށް އަބަދުވެސް އަލި ކާމިޔާބުކުރާނެ، އަޅުގަނޑުމެން މި ސަރުކާރު ބަލިކޮށްލާނަން،" ކުރީގެ ފޮރިން މިނިސްޓަރު ކަން ކުރެއްވި ޝާހިދު ވިދާޅުވިއެވެ.

ގާނޫނު އަސާސީއަށް މިހާރު ގެނެސްފައިވާ އިސްލާހާއެކު އިންތިހާބުވާ މެންބަރަކު މަޖިލީހުގެ އުމުރުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން، ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭނެ އެވެ. ނިމިދިޔަ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް އެންޓި ޑިފެކްޝަން ޤާނޫނެއް ވަނީ ފާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން