ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ދެމުން އަންނަ ”މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް“ ގެ ތިންވަނަ އެޑިޝަނަށް ކުރިމަތިލުމުގެ ފުރުސަތު އެ ވުޒާރާއިން ހުޅުވާލައިފިއެވެ.

މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް (އެމްޓީއޭ) އަކީ ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން 2022 ވަނަ އަހަރު ތައާރަފްކުރި އަހަރީ ގައުމީ އެވޯޑެކެވެ.

މިއަހަރު މި އެވޯޑަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައި އެޕްލިކޭޝަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ހުރިހާ ރިސޯޓްތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކާއި ސަފާރީ އުޅަނދުތަކާއި ޑައިވް ސެންޓަރުތަކަށާއި ފަތުރުވެރިކަމުގެ ދާއިރާ އާއި ގުޅުން ހުރި އެހެނިހެން ފެސިލިޓީސް ތަކަށެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، އެވޯޑް ކެޓަގަރީތަކާއި، ކުރިމަތިލުމުގެ ޝަރުތުތަކާއި އަދި އިވެލުއޭޝަން ކްރައިޓީރިއާ އާއި ބެހޭ އިތުރު ތަފްސީލު މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް 2024 - ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

މި އެވޯޑްތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެމީހެއްގެ ކެޓަގަރީގެ ދަށުން އޮންލައިން ލިންކު މެދުވެރިކޮށް ކުރިމަތިލެވޭނެ ކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ.

ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި އެވޯޑަށް ކުރިމަތިލުމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 28 ވާ ބުރާސްފަތި ދުވަހުގެ މެންދުރު އެކެއް ޖަހާއިރެވެ.

ފަތުރުވެރިކަމަށް އިގްތިސާދު ބަރޯސާވެފައިވާ ރާއްޖޭގައި މިހާރު 171 ރިސޯޓެއް އޮޕަރޭޝަނަށް ގެނެސްފައިވާއިރު، 14 ހޮޓެލަކާއި، 895 ގެސްޓް ހައުސްގެ އިތުރުން، 154 ސަފާރީ އުޅަނދު ދަނީ އޮޕަރޭޓު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން