މެންޗެސްޓަރ ޔުނައިޓެޑާއި، ފްރާންސްގެ މިޑްފީލްޑަރ ޕައުލް ޕޮގްބާ ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ޕޮގްބާ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން ފްރާންސްގެ ޤައުމީ ކޯޗާއި، މެންޗެސްޓަރ ޔުނައިޓެޑުން ވަނީ ކަށަވަރުކޮށްދީފައެވެ. ކޯވިޑްއަށް ޕޮޒިޓިވްވުމާ ގުޅިގެން ޕޮގްބާ މިހާރު ވަނީ އަމިއްލައަށް އެކަހެރިވެފައެވެ. މިއާއެކު ފްރާންސުން ޔޫއެފާ ނެޝަނަލް ލީގުގައި އަންނަ މަހުގެ 5 ވަނަ ދުވަހު ސްވިޑުންއާ ދެކޮޅަށް ކުޅޭ މެޗާއި، އޭގެ 3 ދުވަސް ފަހުން ކޮރޭޝިޔާއާ ދެކޮޅަށް ކުޅޭ މެޗުގައި ޕޮގްބާއަށް ނުކުޅެވޭނެއެވެ. ޕޮގްބާގެ ބަދަލުގައި މިހާރުވަނީ ރެނޭސްގެ 17 އަހަރުގެ އެޑުއާޑޯއަށް ފްރާންސް ޤައުމީ ޓީމުން ފުރުޞަތު ދީފައެވެ.
ޕޮގްބާގެ އިތުރުން ޓޮޓަންހަމަށް ކުޅެމުން އަންނަ ފްރާންސްގެ ޓެންގުއޭ އެންޑޮމްބަލޭ ވެސްވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
ޔޫއެފާއިން އިންތިޒާމުކޮށްގެން ބާއްވާ ނޭޝަންސް ކަޕުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގައެވެ. ފްރާންސް ގްރޫޕް ސީ ގައި ހިމެނޭއިރު، ފްރާންސްގެ އިތުރުން މިގްރޫޕްގައި ދެން ހިމެނެނީ ކޮރޭޝިއާ އާއި ޕޯޗުގަލްގެ އިތުރުން ސްވިޑެންއެވެ. ފްރާންސުން ފުރަތަމަ މެޗުގައި ސްވިޑަންއާއި ދެކޮޅަށް ނުކުންނާނީ އަންނަ މަހުގެ 5 ވަނަ ދުވަހުއެވެ.
ޤައުމީ ޓީމްގެ ދެ މެޗު ގެއްލުނު ނަމަވެސް ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑް އާސީޒަންގައި ކުޅޭ ފުރަތަމަ މެޗުގައި ކުޅުމުގެ ފުރުޞަތު ޕޮގްބާއަށް ލިބޭނެއެވެ. އެމެޗު ކުޅޭނީ ސެޕްޓެމްބަރު 19 ވަނަ ދުވަހު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު