ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި މޯލްޑިވްސް ސޮކަރ މޭޓްސް (އެމްއެސްއެމް) ގުޅިގެން ބާއްވާ ޔޫތު ލީގު ފެށިގެން ކުރިޔަށް އެބަދެއެވެ.
އެފްއޭއެމް އާއި އެމްއެސްއެމް ގުޅިގެން ބާއްވާ މި މުބާރާތުގައި 12 އަހަރުން ދަށާއި، 14 އަހަރުން ދަށާއި، 16 އަހަރުން ދަށުގެ ކޮންމެ އުމުރުފުރައެއްގެ ޖުމްލަ އަށް ޓީމު ވާދަކުރެއެވެ.
އިއްޔެ ފެށި މުބާރާތް ކުރިއަށްދާނީ ހެންވޭރު ދަނޑާއި، ހުޅުމާލެ ސްޓޭޑިއަމްގެ އިތުރުން ގަލޮޅު ދަނޑުގައެވެ. އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހާ ހަމައަށް މި މުބާރާތް ކުރިޔަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ހުޅުވި މެޗުގައި 12 އަހަރުން ދަށުގެ ކެޓަގަރީގައި, ޓީސީ ސްޕޯޓްސް ކުލަބު ނުކުތީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ދެކޮޅަށެވެ. އެ މެޗު ޓީސީން ކާމިޔާބުކުރީ 7-0 ގެ ނަތީޖާއަކުންނެވެ. އަދި 14 އަހަރުން ދަށުގެ ކެޓަގަރީގައި ޓީސީން ޔޫވީގެ މައްޗަށް ކުރި ހޯދީ 6-0 ގެ ނަތީޖާއަކުންނެވެ.
މުބާރާތުގައި ރޭ ކުޅުނު 12 އަހަރުން ދަށުގެ ކެޓަގަރީގެ މެޗުގައި ކްލަބް ވެލެންސިއާ އަތުން ވިކްޓަރީ ސްޕޯޓްސް ކްލަބް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި ރޭ ކުޅުނު ފަހު މެޗުގައި 14 އަހަރުން ދަށުގައި ވިކްޓަރީން ވަނީ ވެލެންސިއާގެ މައްޗަށް 5-1 ގެ ނަތީޖާއަކުން ކުރި ހޯދައިފައެވެ.
ވަރަށް ފޯރީގައި މި މުބާރާތުގެ ކުޅުންތައް ކުރިޔަށްދާއިރު މުބާރާތުގައި ވާދަކުރާ ޓީމްތަކަކީ ޔޫވީ އާއި، ޓީސީ އާއި، ވެލެންސިއާ އާއި، ވިކްޓަރީ އާއި، ކުލަބު އީގަލްސް އާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ހުއްރިއްޔާ ސްޕޯޓްސް ކުލަބެވެ.

ކިޔުންތެރިންގެ ހިޔާލު