ކޮންގްރެސް ޕާޓީއާއި އަލަށް ގުޅިވަޑައިގެންނެވި މެންބަރުންގެ ފޯމު ހަވާލުކުރުން
ކޮންގްރެސް ޕާޓީއާއި އަލަށް ގުޅިވަޑައިގެންނެވި މެންބަރުންގެ ފޯމު ހަވާލުކުރުން
ރާއްޖޭގެ ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބު ވޯޓު ލުމުގެ ޙައްޤު ލިބިފައިވަނީ 33500 މީހުންނަށް ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.

ޕީއެންސީން މިއަދު ބުނީ އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވޯޓްލުން ފަށާނީ، މިއަދު ހެނދުނު 10:00 ގައި ކަމަށެވެ. އަދި ވޯޓުލުން ނިމި ވޯޓް ފޮށިތައް ބަންދުކުރާނީ މިއަދު މެންދުރު ފަހު 14:00 ގައި ކަމަށް ޕީއެންސީން މަޢުލޫމާތު ދީފައިވެއެވެ.

މިއަދު ވޯޓުލުން މާލެ އާއި އަތޮޅުތެރޭގެ 88 ރަށުގައި ކުރިއަށްދާނެ ކަމަށާއި ޖުމުލަ 144 ވޯޓް ފޮށި ބަހައްޓާނެ ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.

ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި 33500 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިދީފައިވާއިރު ޕީއެންސީގެ މެމްބަރޝިޕް މަދުވެގެން 90،000 އަށް އިތުރުކުރުމަށް އެޕާޓީގެ ލީޑަރޝިޕުން ވަނީ އަމާޒު ހިފާފައެވެ.

ހަމައެއާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވިސްނުންފުޅަކީ ގާތްގަނޑަކަށް 75،000 މެމްބަރުން ޕީއެންސީއަށް ހަމަކުރުން ކަމަށެވެ. އެކަމަށްޓަކައި ކޮންމެ ހަފްތާ ބަންދެއްގައި އެޕާޓީން ދަނީ މެންބަރުން އިތުރުކުރުމުގެ ޙަރަކާތްތަކެއްވެސް ކުރިއަށް ގެންދަމުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ދައްކާގޮތުގައި ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 28،983 އެވެ. ނަމަވެސް އެޕާޓީން ބުނެފައިވަނީ ޕާޓީއަށް މިހާރު 65000 މެންބަރުން ހަމަވެފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން