ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި މެންބަރަކު ވޯޓު ލަނީ
ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި މެންބަރަކު ވޯޓު ލަނީ
މިއަދު ހެނދުނު 10:00 ގައި މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން އޮމާންކަމާއެކު ކުރިއަށް ގެންގޮސް ނިންމާލައިފިއެވެ.

ޕީއެންސީން ބުނީ ވޯޓާއި ގުޅިގެން އެއްވެސް ސަރަޙައްދެއްގައި އަދި ވޯޓުލާ އެއްވެސް މަރުކަޒެއްގައި އެއްވެސް ބާވަތެއްގެ ހަމަނުޖެހުމެއް ހިނގާފައި ނުވާކަމަށެވެ.

ޕީއެންސީން ކުރިން ނިންމާފައި އޮތީ މިއަދު 14:00 ގައި ވޯޓުލުން ނިންމާލުމަށެވެ. ނަމަވެސް އިންތިޚާބުގައި ގިނަ ބަޔަކު ވޯޓުލާން ނިކުމެފައިވާތީއާއި 14:00 ގައި ގިނަބަޔަކު ކިއުގައި ތިބުމުން ވޯޓުލާ ވަގުތު ތިނެއް ޖެހުމާއި ހަމައަށް އެޕާޓީން ވަނީ އިތުރުކޮށްފައެވެ.



ޕީއެންސީން ޢާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން 1984 މަޤާމަށް މީހުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި 648 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ. އަނެއް 1300 މަޤާމަށް، އެންމެ ކެންޑިޑޭޓަކު ކުރިމަތިލައްވާފައިވާތީ، އެ 1300 މަޤާމަށް ވަނީ، އިންތިޚާބަކާ ނުލައި މީހުން ހޮވިފައެވެ.

މި އިންތިޚާބުގައި މާލޭގެ އިތުރުން 88 ރަށެއްގައި ވޯޓުލާފައިވެއެވެ. ޖުމުލަ 144 ވޯޓު ފޮށި ބެހެއްޓިފައިވާއިރު، މީގެ ތެރެއިން 56 ވޯޓު ފޮށި ބެހެއްޓިފައިވަނީ މާލޭގައެވެ. މާލޭގައި ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ދަރުބާރުގޭގައެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި އިންތިހާބުކުރަން ހަމަޖެހިފައިވާ މަގާމުތަކުގެ ތެރޭގައި ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި ޒުވާނުންގެ ހަރަކާތުގެ ރައީސް އާއި އަންހެނުންގެ ހަރަކާތުގެ ރައީސްގެ އިތުރުން ސްޓިއަރިން ކޮމެޓީގެ މެމްބަރުން ހިމެނެ އެވެ.

މި އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 33500 މެންބަރުންނަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން