މާލޭގެ މަގެއްމަތީގައި އޮތް ޕިކަޕެއްގައި ހުރި ކުލަ ފާޓާތަކެއް މިރޭ މަގުމައްޗަށް ވެރި މުޅި މަގަށް ކުލަ އެޅިއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ކޯރުކެނޑި ހިނގުމުގައި ޕާކުކޮށްފައި އޮތް ޕިކަޕަކުން ކުލަ ފާޓާތަކެއް ބާލަން އުޅެނިކޮށެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ކުލަ ފާޓާތަކަކީ ޕެއިންޓް މޯލްޑިވްސް ޝޯރޫމަށް ގެންދިޔަ ކުލަ ފާޓާތަކެކެވެ.

މީސްމީޑިޔާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި މަގުމައްޗަށް އެޅިފައި ވަނީ ހުސް ހުދުކުލައިގެ ކުލައެވެ. މަގުމަތީގެ އިތުރުން އެ ސަރަހައްދުގައި ހުރި ބައެއް ސައިކަލުތަކަކަށް ވެސް ކުލަތައް ބުރައިގެން ދިޔަކަން ފާހަގަކުރެވެއެވެ.

މިހާރު ފުލުހުން ވަނީ މި ހާދިސާ ހިނގި ސަރަހައްދު ބަންދުކޮށްފައެވެ. އަދި އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން