ޕީއެންސީ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނިކޮށް ތ. ކަނޑޫދޫ ދާއިރާއަށް ވާދަކުރި ދެ ކެންޑިޑޭޓުންގެ މެދުގައި ހަމަނުޖެހުން ހިންގި މައްސަލަ އެޕާޓީގެ ޝަކުވާ ކޮމެޓީން ބަލަން ފަށައިފިއެވެ.

ޕީއެންސީ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނިކޮށް ތ. ކަނޑޫދޫ ދާއިރާއަށް ވާދަކުރި ދެ ކެންޑިޑޭޓުންގެ މެދުގައި ވަނީ ބޮޑު ހަމަނުޖެހުން ހިންގާފައެވެ. މި ހަަމަނުޖެހުމުގައި އެއްކެންޑިޑޭޓަކު ވޯޓު ފޮށި ފަޅާލައިގެން ވޯޓު ކަރުދާސްތައް ގެއަށް ވަނީ ގެންގޮސްފައެވެ.

ޕީއެންސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ޗެއާޕާސަން ޢަބުދުއްރަޙީމް ވިދާޅުވީ، ތ. ކަނޑޫދޫގައި ބޭއްވި އިންތިހާބާއި ގުޅިގެން ޝަކުވާތަކެއް އެޕާޓީއަށް ލިބިފައިވާ ކަމަށެވެ. އަދި އިންތިހާބުގެ ތެރޭގައި ހިނގާދިޔަ ކަންކަން އެޕާޓީގެ ޝަކުވާ ކޮމެޓީން މިހާރު ބަލަން ފަށާފައިވާ ކަމަށާއި އެ ޝަކުވާތަށް ބެލުމަށްފަހު އެކޮމެޓީން ވަކިގޮތެއް ނިންމާނެ ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ. އަބުދުއްރަޙީމް ވިދާޅުވީ އިންތިހާބުގައި ހިނގާ އެފަދަ ކަންކަމަކީ ވަގުތުން ވަގުތަށް ގޮތް ނިންމޭނެ ކަމެއް ނޫން ކަމަށެވެ.

"އެއީ ވަގުތުން ވަގުތަށް ނިންމޭނެ ކަމެއް ނޫން، އެކަން ހިނގާދިޔަގޮތް ބަލަން ޖެހޭނެ އަޅުގަނޑަށް މައުލޫމާތު ލިބިފައިވާގޮތުގައި އިންތިހާބުގެ ފަހުން ހިތްހަމަނުޖެހުނު ދެކެންޑިޑޭޓުން ސަލާން ގަލާންކޮށް އެކަން މައްސަލަ އަކަށް ނުވާގޮތަށް ވަނީ ނިންމާފައި،" ޢަބުދުއްރަޙީމް ވިދާޅުވިއެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށް ގެންދިޔައީ ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށެވެ. އިންތިހާބުގެ ނަތީޖާ މިހާރު ވަނީ އިއުލާންކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން