ޕީއެންސީގެ ތެރޭގައި އެއްވެސް ފެކްޝަނެއް ނެތް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރަށް ވުރެ މިހާރު އެމަނިކުފާނާ އޮންނަ ގުޅުން މާ ގާތް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި މަޖިލީހުގެ ރައީސް ޢަބުދުއްރަޙީމް ޢަބުދު ﷲ ރޭ ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ޗެއާޕާސަން ޢަބުދުއްރަޙީމް ވިދާޅުވީ ޕީއެންސީގައި އެއްވެސް ފެކްޝަނެއް ނެތް ކަމަށެވެ. ޢަބުދުއްރަޙީމް ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށާއި ރައީސް މުޢިއްޒާއި އޮންނަ ގުޅުން މިހާރު މާ ގާތް ކަމަށެވެ.
ރައީސް ޔާމީނާ މީގެ ކުރިން އޮތް ގާތް ކަމުން މިސާލު ނަންގަވާ އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒަކީ މީގެ ކުރިން އަބްދުއްރަހީމާއި އެވަރުގެ ގާތްކަމެއް އޮތް ބޭފުޅެއް ނޫން ކަމަށެވެ. އެހެން ނަމަވެސް 2012 އިން ފެށިގެން ވެސް ރައީސް މުއިއްޒު އެނގިވަޑައިގަންނަވާ ކަމަށާއި، ގުޅުން ވެސް އޮންނަ ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ. ޢަބުދުއްރަޙީމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ކަންކަމުގައި ރައީސް މުޢިއްޒާ އެންމެ ގުޅުން ރަނގަޅު ބޭފުޅަކީ އޭނާ ކަމަށެވެ.
މީގެ އިތުރުން ޢަބުދުއްރަޙީމް ވިދާޅުވިގޮތުގައި އެބޭފުޅުންގެ ގުޅުން ގާތްވީ ޕީއެންސީގެ ތެރެއިންނެވެ. އަދި އޭނާ ޗެއާޕަރސަންކަން ކުރައްވާ ޕީއެންސީގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުކަން ފާހަގަކުރައްވަމުން ޢަބުދުއްރަޙީމް ވިދާޅުވީ ދެ ބޭފުޅުންނަށް ވެސް މިހާރު އެކުގައި މާ ގިނަ ވަގުތު ލިބި ކަންކަމުގައި މަޝްވަރާކޮށް އެކަކު އަނެކަކު ދަސްވާނެ ފުރުސަތާއި ވަގުތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވި އިރަށް ވުރެ މިހާރު ގުޅުން ރަނގަޅު ކަމަށެވެ. އަދި ދުވަހެއް ދުވަހަކަށް ވުރެ ރައީސާއެކު ގުޅުން ވަރުގަދަވަމުން އަންނަ ކަމަށް ޢަބުދުއްރަޙީމް ވިދާޅުވިއެވެ.
ޢަބުދުއްރަޙީމް ވިދާޅުވީ އެޕާޓީގެ މެންބަރުންގެ މެދުގައި ހަމަނުޖެހުން އުފެދި، ބައިބައި ނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ޢަބުދުއްރަޙީމް ވިދާޅުވީ އެ ޕާޓީގެ އަސާސީ ގަވާއިދު އޮތް ގޮތުން ރިޔާސީ އިންތިޚާބުގެ ކުރިއަށް އޮތް ދައުރަށް ރައީސް މުއިއްޒު ނޫން ކެންޑިޑޭޓަކު ނުވެސް ނެރެވޭނެ ކަމަށެވެ. އެގޮތުން ޕާޓީގެ ޓިކެޓުގައި ވެރިކަމަށް ވަޑައިގެން ހުންނެވި ބޭފުޅާ ނޫން އިތުރު ބޭފުޅަކަށް ޓިކެޓު ނުދެވޭނެ ކަމަށާއި، ޕްރައިމަރީއަކަށް ވެސް ދާން ނުޖެހޭނެ ކަމަށާއި އެހެންވެ ރިޔާސީ ޓިކެޓްގެ ވާދަވެރިކަމެއް ނޯންނާނެ ކަމަށް ޢަބުދުއްރަޙީމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު