ރާއްޖޭގައި މިވަގުތު އެއިޑްސް ބަލީގެ ޝިކާރައަކަށް ވެފައިވާ 26 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ ބުނީ މިހާތަނަށް ރާއްޖޭގައި 43 މީހަކަށް އެއިޑްސް ޖެހިފައިވާ އިރު، އޭގެ ތެރެއިން 16 މީހަކު ދުނިޔެ ދޫކޮށްފައިވާ ކަމަށެވެ. އަދި ފާއިތުވި ތިން އަހަރުގެ ތެރޭގައި އިތުރު ހަ މީހަކަށް އެއިޑްސް ބަލި ޖެހިފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
އެއިޑްސް ޖެހިފައިވާ މީހުންގެ ތެރޭގައި ގިނައީ 15 އަހަރާއި 24 އަހަރާ ދެމެދުގެ މީހުންނެވެ. އެ އުމުރުފުރާގެ ދިހަ މީހަކު ބައްޔަަށް ފަރުވާ ހޯދަމުން އަންނަ އިރު، 25 އަހަރާއި 34 އަހަރާ ދެމެދުގެ ހަ މީހަކު ވެސް އަންނަނީ ފަރުވާ ހޯދަމުންނެވެ.
މި ބަލިން ރައްކާތެރިވުމަށް އެޗްއައިވީ ޖެހިފައި ނުވާ ބައިވެރިއަކާ އެކު ޖިންސީ ގުޅުން ހިންގުމަށާއި، އެކަކު ބޭނުންކޮށްފައި ހުންނަ ސިރިންޖު އަދި ކަށި ފަދަ ތަކެތި އެހެން މީހަކު ބޭނުން ނުކުރުމަށް ސިއްހީ ތަޖުރިބާކާރުން އިރުޝާދު ދީފައިވެ އެވެ. އަދި މާބަނޑު ދުވަސްވަރު ދުރާލައި އެޗްއައިވީ އަށް ޓެސްޓު ކުރުމަށްފަހު، ޕޮޒިޓިވް ވާނަމަ ކަނޑައެޅިފައިވާ ފަރުވާ ފުރިހަމަ ކުރުމަށް ވެސް އިރުޝާދު ދީފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު