ރާއްޖެ ސަރަހައްދަށް ވަދެއުޅުނު ލަންކާގެ މަސްބޯޓަކުން 468 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތުމުން އެކަމުގެ އަގުވަޒަަން ކުރައްވައި، އެކަމުގައި މަސައްކަތް ކުރެއްވި މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮލިސް ކޮމިޝަނަރ ޢަލީ ޝުޖާޢު ވިދާޅުވެފައިވާ ގޮތުން ބޯޓު ބަލައި ފާސްކުރިއިރު 468.6 ކިލޯގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އަދި އޭގެތެރޭގައި 344 ކިލޯ ކްރިސްޓަލް މެތު އަދި 124.6 ކިލޯގެ ކޮކެއިން ހިމެނޭކަމަށްވެސް ސީޕީ ވިދާޅުވިއެވެ. މި ތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރާކަން ޝުޖާއު ފާހަގަކުރެއްވިއެވެ.
ރޭ ދަންވަރު 12:45 ހާއިރު ހދ.މަކުނުދޫ ބޭރުން އަތުލައިގަތް އެ ބޯޓަކީ ސްރީލަންކާއަށް ނިސްބަތްވާ "އަށެންޕުތަ" ކިޔާ މަސްބޯޓެކެވެ.
ބޯޓު އަތުލައިގަތުމާއި ގުޅިގެން ރައީސް މިރޭ އެކްސްގައި ވިދާޅުވީ، ސަލާމަތީ ހިދުމަތްތަކުން 468.6 ކިލޯގްރާމުގެ މަސްތުވާތަކެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގެންފައިވާ ކަމަށާއި މިތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް އެއް ބިލިއަން ދިވެހި ރުފިޔާ ކަމަށެވެ.
އަދި ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ ރައީސް އެންމެ އިސްކަންދެއްވާ އެއްކަންތައް ކަމަށާއި ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކުން މިދާއިރާއިން ކުރަމުންގެންދާ ބުރަމަސައްކަތް ފާހަގަކުރައްވައި އެފަރާތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިއަދުގެ ވަގުތެއްގައި ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުންވަނީ 468.6 ކިލޯގްރާމުގެ މަސްތުވާތަކެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގެންފައި. މިތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް އެއް ބިލިއަން ދިވެހި ރުފިޔާ. ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ އަޅުގަނޑުމެން… pic.twitter.com/hL8Oz2tg9u
— Dr Mohamed Muizzu (@MMuizzu) November 24, 2024
އަދި ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ ރައީސް އެންމެ އިސްކަންދެއްވާ އެއްކަންތައް ކަމަށާއި ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކުން މިދާއިރާއިން ކުރަމުންގެންދާ ބުރަމަސައްކަތް ފާހަގަކުރައްވައި އެފަރާތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު