ބޮޓްސްވާނާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒް މުބާރާތުގެ ސިންގަލްސް ފައިނަލުގައި ކުޅެ ރާއްޖޭގެ ދެ ބައިވެރިންކަމަށްވާ އާމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާ ގައުމަށް ހޯދައިދިން ރީތި ނަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ރިވައިވަލް ސްޕޯޓްސްއިން، އެ މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ އެއްމާބަނޑު މި ދެބެން ވަނީ ފަައިނަލަށް ހޮވިފައެވެ. އެހެންކަމުން މުބާރާތުގެ ޗެމްޕިއަންއާއި ރަނަރސްއަޕް މަގާމު ރާއްޖެއަށް އޮތީ ކަށަވަރު ވެފައެވެ. އެއްމާބަނޑު ދެބެއިން ވާދަކުރި ފައިނަލް ނަބާހާ ކާމިޔާބު ކުރީ 2-1 ސެޓުންނެވެ.
އެއާއި ގުޅިގެން ރައީސް މީސްމީޑިއާގައި ހަވީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ރާއްޖެއަށް ލިބުނު ފަހުރުވެެރި ކާމިޔާބީއެއް ކަމަށެވެ.
އަދި ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ މުބާރާތެއްގައި އަންހެނުންގެ ސިންގަލްސް ފައިނަލުގައި ވާދަކުރަން، ދިވެހިރާއްޖޭގެ އާމިނަތު ނަބީހާ އާއި، ފާޠިމަތު ނަބާހާ ހޮވުމާއެކު، ޗެންޕިއަންކަމާއި ރަނަރއަޕްކަންވެސް ރާއްޖެއަށް ކަށަވަރުވި ކަމަށާއި މި މުބާރާތުގައި، 2 ގޯލްޑް މެޑެލް، 2 ސިލްވަރ މެޑެލް އަދި 4 ބްރޯންޒް މެޑެލް ކަށަވަރުކޮށް، ދިވެހި ކުޅުންތެރީން ދައްކަމުންދާ މޮޅު ކުޅުމަށް ޓަކައި ފަޚުރުވެރިވެ ވަޑައިގެން ސާބަސް ދެއްވާކަމަށް ރަައީސް ވިދާޅުވިއެވެ.
އަދި މި ޝަރަފް ރާއްޖެއަށް ހޯދަައިދިން ހުނަރުވެރި ދެބެއިންނަށާއި، ދިވެހި މުޅި ޓީމަށް ތަހުނިޔާ ދަންނަވާކަމަށް ވެސް ރަައީސް ވަނީ ވިދާޅުވެފައެވެ.
މިއީ ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަނުން ގަބޫލު ކުރާ މުބާރާތެއްގެ ފައިނަލުގައި ދިވެހި ދެ ކުޅުންތެެރިން ވާދަކުރި ފުރަތަމަ ފަަހަރެވެ.

ތާރީޚީ ކާމިޔާބީއެއް!
— Dr Mohamed Muizzu (@MMuizzu) November 24, 2024
ބޮޓްސްވާނާ އިންޓަރނޭޝަނަލް ސީރީޒް ބެޑްމިންޓަން 2024
ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ މުބާރާތެއްގައި
އަންހެނުންގެ ސިންގަލްސް ފައިނަލުގައި ވާދަކުރަން، ދިވެހިރާއްޖޭގެ އާމިނަތު ނަބީހާ އާއި، ފާޠިމަތު ނަބާހާ ހޮވުމާއެކު، ޗެންޕިއަންކަމާއި ރަނަރއަޕްކަންވެސް…
އަދި މި ޝަރަފް ރާއްޖެއަށް ހޯދަައިދިން ހުނަރުވެރި ދެބެއިންނަށާއި، ދިވެހި މުޅި ޓީމަށް ތަހުނިޔާ ދަންނަވާކަމަށް ވެސް ރަައީސް ވަނީ ވިދާޅުވެފައެވެ.
މިއީ ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަނުން ގަބޫލު ކުރާ މުބާރާތެއްގެ ފައިނަލުގައި ދިވެހި ދެ ކުޅުންތެެރިން ވާދަކުރި ފުރަތަމަ ފަަހަރެވެ.
ކިޔުންތެރިންގެ ހިޔާލު