މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ އެއްކޮށް ސަލާމަތް ކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެގެން އުޅެނިކޮށް ކޯސްޓު ގާޑުން އަތުލައިގަތް ލަންކާ މަސްބޯޓަކުން 468 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތުމާ ގުޅިގެން އެކަމަށް އިޝާރަތްކުރަށްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއަދު އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއްކަންތައް ކަމަށެވެ. ރައީސް ވަނީ ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކުން މިދާއިރާއިން ކުރަމުންގެންދާ ބުރަމަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ ހދ. މަކުނުދޫ ބޭރުން މަސްބޯޓެއް ކަމަށް ބެލެވޭ ބޯޓެއް ހުއްޓުވާ ކޯސްޓް ގާޑުގެ ބެލުމުގެ ދަށުން ކުޅުދުއްފުށީ ސިޓީއަށް ގެންދިޔަ ކަމުގެ މައުލޫމާތު ރޭ ދަންވަރު 12:40 ހާއިރު އެމްއެންޑީއެެފުން ފުލުހުންނަށް ދީފައިވާ ކަމަށެވެ. އަދި އެބޯޓު މިއަދު ހެނދުނު ކުޅުދުއްފުށީ ބަނދަރަށް ގެނައުމާއިއެކު ހެނދުނު 09:30 ހާއިރު ފުލުހުންނާއި ސިފައިން އެކުގައި ބޯޓަށް އަރައި ބަލާފާސްކުރުމުގެ ތެރޭގައި 468.6 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށްވެސް ސީޕީ ޝުޖާޢު ވިދާޅުވި އެވެ. އަދި އެތަކެތީގެ މަގުމަތީ އަގު 1 ބިލިއަން ރުފިޔާއަށް އަރާކަމަށް ސީޕީ ވިދާޅުވިއެވެ.

މިއަދުގެ ވަގުތެއްގައި ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުންވަނީ 468.6 ކިލޯގްރާމުގެ މަސްތުވާތަކެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގެންފައި. މިތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް އެއް ބިލިއަން ދިވެހި ރުފިޔާ. ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ އަޅުގަނޑުމެން… pic.twitter.com/hL8Oz2tg9u
— Dr Mohamed Muizzu (@MMuizzu) November 24, 2024
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ ހދ. މަކުނުދޫ ބޭރުން މަސްބޯޓެއް ކަމަށް ބެލެވޭ ބޯޓެއް ހުއްޓުވާ ކޯސްޓް ގާޑުގެ ބެލުމުގެ ދަށުން ކުޅުދުއްފުށީ ސިޓީއަށް ގެންދިޔަ ކަމުގެ މައުލޫމާތު ރޭ ދަންވަރު 12:40 ހާއިރު އެމްއެންޑީއެެފުން ފުލުހުންނަށް ދީފައިވާ ކަމަށެވެ. އަދި އެބޯޓު މިއަދު ހެނދުނު ކުޅުދުއްފުށީ ބަނދަރަށް ގެނައުމާއިއެކު ހެނދުނު 09:30 ހާއިރު ފުލުހުންނާއި ސިފައިން އެކުގައި ބޯޓަށް އަރައި ބަލާފާސްކުރުމުގެ ތެރޭގައި 468.6 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށްވެސް ސީޕީ ޝުޖާޢު ވިދާޅުވި އެވެ. އަދި އެތަކެތީގެ މަގުމަތީ އަގު 1 ބިލިއަން ރުފިޔާއަށް އަރާކަމަށް ސީޕީ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު