އަހުޒަމް އަޙްމަދު   25 ނޮވެމްބަރު 2024 - 9:28
ފުވާދު ތައުފީގު---
ފުވާދު ތައުފީގު---
ތައިލެންޑުން ރާއްޖެއަށް އައްޔަނުކުރާ ސަފީރުގެ މަގާމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގުގެ ނަން ހުށަހަޅައިފި އެވެ.

ފުވާދު އެ މަގާމަށް އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.

އެ ސިޓީގައި ރައީސް އެދިވަޑައިގެންނެވީ ފުވާދު އެ މަގާމަށް އައްޔަނުކުރުމާ މެދު މަޖިލީހަށް ފެންނަ ގޮތަކަށް އަމަލުކޮށްދެއްވުމަށެވެ.

އެ މައްސަލަ މިއަދު ވަނީ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފަ އެވެ.

ފުވާދު މީގެ ކުރިން ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަގާމު ދެ ދައުރު ފުރިހަަމަ ކުރައްވައިފަ އެވެ. އަދި ފުވާދުގެ ގައުމީ ޚިދުމަތުގެ ވަރަށް ގިނަ ދުވަސްތައް އިލެކްޝަން ކޮމިޝަންގައި ހޭދަކުރައްވާފައި ވެއެވެ.

އިލެކްޝަންސް ކޮމިޝަންގައި ފުވާދުގެ ދައުރު ހަމަވީ އިއްޔެ އެވެ.

ކަސްޓަމްސް އޮފިސަރެއްގެ ގޮތުގައި 1973 ވަނަ އަހަރު ސަރުކާރުގެ ހިދުމަތާ ގުޅިވަޑައިގެންނެވި ފުވާދަކީ މިހާރު ގިނަ ބައެއްގެ އިތުބާރު ހޯއްދަވާފައިވާ ބޭފުޅެކެވެ. ހާއްސަކޮށް ނިމިގެން ދިޔަ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިހާބު ވެސް ފުވާދުގެ ރައީސް ކަމުގައި ދިޔައީ ވަރަށް އޮމާންކޮށް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފުވާދަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން