މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުން ވެސް އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް މޫސުން ލަފާކޮށް އެ އިދާރާއިން ބުނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާއިރު، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
ރާއްޖޭގެ އެހެން ހިސާބުތަކަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނުގައި ވައި ގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ، ދެކުނުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އުތުރާއި މެދު ރާއްޖެތެރޭގައި އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ. ނަމަވެސް ވިލާގަނޑުގައި ގަދަވާނެ ކަމަށް ވަނީ ބުނެފައެވެ.
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިހާރު މޫސުން ގޯސްވެފައިވާއިރު، މޫސުން ގޯސްވާ ފަހަރު، މޫސުމަށް ޚާއްޞަ ސަމާލުކަމެއްދިނުމަށް ކަމާއި ބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު