ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާތައް ބައިވެރިވާ "މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ" ފެމެލީ ޕްރޮޓެކްޝަން އޮޓޯރިޓީއިން އިފްތިތާހުކޮށްފިއެވެ.
މިއަދު ފެށި މި މަހާސިންތާ އަކީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރާ 16 ދުވަހުގެ ކެމްޕޭން ފާހަގަކުރުމުގެ ގޮތުން މި އަހަރު ކުރިޔަށްގެންދާ އެންމެ ބޮޑު އެއް ހަރަކާތެވެ. މިއީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާއި ޔުނިސެފް ގުޅިގެން ބާއްވާ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާއެކެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުން 15 މަދަނީ ޖަމިއްޔާ ބައިވެރިވާ މި މަހާސިންތާ ކުރިޔަށް ދާނީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މަހާސިންތާ ޝަރަފުވެރި ކޮށްދެއްވައި ހުޅުވައިދެއްވީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމެވެ.
މި މަހާސިންތާގެ މިއަހަރުގެ ޝިއާރަކީ "ގުޅިގެން ބަދަލެއް: ގެވެށި އަނިޔާ ހުއްޓުވުމަށް އިޖާބަދިނުމުގައި ބާރުވެރި މުޖުތަމައެއް ބިނާ ކުރުން" މިއެވެ.
މި މަހާސިންތާގެ މައިގަނޑު މަގުސަދަކީ ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތް ކުރާ މަދަނީ ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް ދިމާވާ ދަތިތަކަކީ ކޮބައިތޯ ދެނެގަނެ، އެ މައްސަލަތައް ހައްލުކުރުމަށް ހަރުދަނާ ގޮތެއްގައި މަސައްކަތްކުރުމެވެ. އަދި ދެމެހެއްޓެނިވި ބަދަހި ގުޅުމެއް ސަރުކާރުގެ މުއައްސަސާތަކާއި ޖަމިއްޔާތަކާމެދު ގާއިމުކުރުމަށްޓަކައި ބާއްވާ މަހާސިންތާއަކަށް މި މަހާސިންތާ ވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު