އިޒްރޭލު ޕާސްޕޯޓް މަނާ ކުރާނެކަމަށް ބުނުމަށްފަހު ސަރުކާރުން ވަނީ ދިވެހިން ލަދުގަންނަވާލާފައި ކަމަށް ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޢުމަރު މިބީދައިން ވިދާޅުވެފައިވާއިރު އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރަން އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލުގެ ކޮމިޓީ މަރުހަލާގެ މަސައްކަތް އަވަސްކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިދިޔަ އާދީއްތަ ދުވަހު ވަނީ ފާސްކޮށްފައެވެ. އެގޮތުން ވީއެންމެ އަވަހަކަށް ކަމާބެހޭ ފަރާތްތައް 241 ކޮމިޓީއަށް ހާޒިރުކޮށް އެ މައްސަލާގައި ސުވާލުކޮށް މައުލޫމާތު އެއްކުރުމަށް އެކޮމިޓީން ނިންމާފައިވެއެވެ.
ނަމަވެސް ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާޙް މަޖިލީހުގައި އިއްޔެ ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު ބޭން ކުރުމުގެ ކުރިން ބައިނަލް އަޤުވާމީ ބޮޑެތި ބައެއް ޤައުމުތަކާއި ފަލަސްތީނުގެ ރައްޔިތުންގެވެސް ޚިޔާލު ހޯދަންޖެހޭ ކަމަށެވެ. އަދި މަޖިލީހުގެ ނައިބުރައީސް އަޙްމަދު ނާޒިމްވެސް ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ޙަމަލާ ދިނުމުގައި ޝާމިލްވާ އިޒްރޭލުގެ ފަރުދުންގެ ޕާސްޕޯޓު ހިފެހެއްޓުމުގެ ޚިޔާލުފުޅުވެސް މަޖިލީހުގައި ޙިއްސާ ކުރަށްވާފައެވެ.
އެކަމާގުޅިގެން ޢުމަރު ވިދާޅުވީ ފަލަސްތީނުގައި މުސްލިމުން މަރައި ބަނޑަށް ޖައްސައި ގެދޮރުންނެރެ ސުންނާފަތި ކުރުމަށްފަހު، އިޒްރޭލުގެ ސިފައިންގެ މީހާ އަރާމު ކޮށްލަން ރާއްޖެ އަންނަ ކަމަށް ތުހުމަތު ކުރަށްވާފައެވެ. އަދި އެއީ ދިވެހިން ލަދުވެތިވާ ކަމެއް ކަމަށް ޢުމަރު ވިދާޅުވެފައިވެއެވެ.
"އިޒްރޭލު ޕާސްޕޯރޓް މަނާކުރާނެ ކަމަށް މުޅިދުނިޔެއަށް އިޢުލާން ކުރުމަށްފަހު އެކަމުގައިވެސް ދޮގުހަދާ ހުރިހާ ދިވެހިން ލަދުގަންނަވާލައިފި." ޢުމަރު ވިދާޅުވިއެވެ.
މި މައްސަލާގައި ސަރުކާރުން އޮޅުވާލަމުންދާކަމަށް ޢުމަރު ތުހުމަތު ކުރަށްވާފައިވާއިރު އިޒްރޭލުން ދަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ގޮންޖަހަމުން ކަމަށާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން އިޒްރޭލުގެ ޢަމަލުތައް ހުއްޓުވަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ވިދާޅުވެފައެވެ.
އިޒްރޭލުގެ އަނިޔާވެރިކަން ހައްދުފަހަނަ އަޅާފައިވާއިރު ރައީސްގެ ނިންމެވުމާއިއެކު އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ކުރަންޖެހޭ ކަންކަން ސިޔާސީ ޚިޔާލު ތަފާތުވުންތަކަށް ބެލުމެއްނެތި މަޖިލިސް ތެރެއިން އަވަހަށް ކުރާނެ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.
ނަމަވެސް އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނުގެ އެއްވަނަ މާއްދާގެ (ހ) ގެ ހަތް ވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރު ކުރުމަށް އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ހުށައެޅުއްވި އިސްލާހު މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އޮންނަތާ 4 މަހަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ.
އިޒްރޭލު މައްސަލާގައި މީގެ ކުރިންވެސް ޢުމަރު ވަނީ މިސަރުކާރުން އިޒްރޭލު ޕާސްޕޯޓު މަނާކުރާނެ ކަމަށް ބުނެ ދައްކާ ވާހަކައާއި، އިންޑިއާ ސިފައިން ބޭރު ކުރިކަމަށް ބުނެ ދައްކާ ވާހަކަތަކާއި، ރައީސް ޔާމީނު މިނިވަން ކުރާނެކަމަށް ބުނެ ހަދާފައިވަނީ ބޮޑެތި ދޮގުތަކެއް ކަމަށް ވިދާޅުވެފައެވެ.
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައިވެސް ވާދަކުރެއްވި އުމަރު ސަރުކާރަށް ފާޑު ވިދާޅުވެފައިވާއިރު މިދިޔަ ރިޔާސީ އިންތިހާބުގައި ޢުމަރު ނަޞީރަށް ލިބިވަޑައިގަތީ 6343 ވޯޓާއެކު އިންތިޚާބުގެ 4ވަނައެވެ. އެއީ އިންތިހާބުގައި ވޯޓުލީ މީހުންގެ 2.87 އިންސައްތަ ވޯޓެވެ.

ފަލަސްތީނުގައި މުސްލިމުން މަރާ ބަޑަށް ޖައްސާ ގެދޮރުންނެރެ ސުންނާފަތި ކުރުމަށްފަހު، އިޒްރޭލުގެ ސިފައިންގެ މީހާ އަރާމު ކޮށްލަން ރާއްޖެ އަންނައިރު، އިޒްރޭލު ޕާސްޕޯރޓް މަނާކުރާނެ ކަމަށް މުޅިދުނިޔެއަށް އިޢުލާން ކުރުމަށްފަހު އެކަމުގައިވެސް ދޮގުހަދާ ހުރިހާ ދިވެހިން ލަދުގަންނަވާލައފި.
— Umar Naseer (@UmarNaseerMV) November 25, 2024
އިޒްރޭލުގެ އަނިޔާވެރިކަން ހައްދުފަހަނަ އަޅާފައިވާއިރު ރައީސްގެ ނިންމެވުމާއިއެކު އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ކުރަންޖެހޭ ކަންކަން ސިޔާސީ ޚިޔާލު ތަފާތުވުންތަކަށް ބެލުމެއްނެތި މަޖިލިސް ތެރެއިން އަވަހަށް ކުރާނެ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.
ނަމަވެސް އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނުގެ އެއްވަނަ މާއްދާގެ (ހ) ގެ ހަތް ވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރު ކުރުމަށް އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ހުށައެޅުއްވި އިސްލާހު މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އޮންނަތާ 4 މަހަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ.
އިޒްރޭލު މައްސަލާގައި މީގެ ކުރިންވެސް ޢުމަރު ވަނީ މިސަރުކާރުން އިޒްރޭލު ޕާސްޕޯޓު މަނާކުރާނެ ކަމަށް ބުނެ ދައްކާ ވާހަކައާއި، އިންޑިއާ ސިފައިން ބޭރު ކުރިކަމަށް ބުނެ ދައްކާ ވާހަކަތަކާއި، ރައީސް ޔާމީނު މިނިވަން ކުރާނެކަމަށް ބުނެ ހަދާފައިވަނީ ބޮޑެތި ދޮގުތަކެއް ކަމަށް ވިދާޅުވެފައެވެ.
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައިވެސް ވާދަކުރެއްވި އުމަރު ސަރުކާރަށް ފާޑު ވިދާޅުވެފައިވާއިރު މިދިޔަ ރިޔާސީ އިންތިހާބުގައި ޢުމަރު ނަޞީރަށް ލިބިވަޑައިގަތީ 6343 ވޯޓާއެކު އިންތިޚާބުގެ 4ވަނައެވެ. އެއީ އިންތިހާބުގައި ވޯޓުލީ މީހުންގެ 2.87 އިންސައްތަ ވޯޓެވެ.
ކިޔުންތެރިންގެ ހިޔާލު