ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާއެކު ގެސްޓްހައުސް ސިނާއަތު ހަލާކުވެދާނެކަމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ އިއްޔެ އއ. އުކުޅަހަށް ވަޑައިގެން އެމްޑީޕީގެ މެމްބަރުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ދެއްކެވި ވާހަކަ ފުޅުގައެވެ. އެގޮތުން މިހާރު ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނަގަމުންދާ ޓެކްސްތައް އިތުރުވުމަކީ ކަންބޮޑުވުމެއްކަމަށް ޝާހިދު ވިދާޅުވިއެވެ.
ހަމައެއާއެކު ޝާހިދު ވިދާޅުވީ އުކުޅަހަކީ ފަތުރުވެރިކަމުން އާމްދަނީ ހޯދައި، ދައުލަތުގެ ޚަޒާނާއަށް އެސިނާއަތުން ލިބޭ ފައިސާ އެންމެ ގިނައިން ވައްދާ އެއްރަށް ކަމަށެވެ. ނަމަވެސް ސަރުކާރުގެ ސިޔާސަތުތަކާއެކު އެވިޔަފާރިން ލިބެމުންދިޔަ ނަފާ މަދުވެގެން ދިއުމުގެ ކަންބޮޑުވުން އޮތްކަމަށް ޝާހިދު ވިދާޅުވިއެވެ.
"ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާއެކު، މުޅި ސިނާއަތު ހަލާކުވެ، އިގްތިސާދު އިތުރު އަނދަވަޅަކަށް ވެއްޓިދާނެ." ޝާހިދު ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން ޝާހިދު ވަނީ މި ސަރުކާރު ބަލިކޮށް، އަނެއްކާވެސް ރައްޔިތުންނަށް އުއްމީދީ ވެރިކަމެއް ކޮށްދޭނެ ޕާޓީއަކީ އެމްޑީޕީކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރަށްވާފައެވެ. އަދދި އަނިޔާވެރިކަމާއި ދެކޮޅަށް ދިވެހިން އަބަދުވެސް ތެދުވާނެ ކަމަށްވެސް ޝާހިދު ވިދާޅުވެފައިވެއެވެ.
"އެ އިތުރު ކުރެއްވި ޓެކްސްތައް ބަހާލީމައި ކޮޓަރި ކުއްޔަށްވުރެ އެބަ ބޮޑުވޭ. މީ ޙަޤީޤަތް. އަޅުގަނޑުމެން ހީކުރަން ސަރުކާރު ތެރޭގައި ހިސާބުޖަހަން އެނގޭ ކޮންމެވެސް އެކަކު އިންނާނެ ކަމަށް." ޝާހިދު ވިދާޅުވެފައިވެއެވެ.
ޝާހިދުގެ މި ދަތުރުފުޅާ ގުޅިގެން އެމްޑީޕީން ބުނީ އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު އުކުޅަހަށް ކުރެއްވި ދަތުރުފުޅުގައި، އެޕާޓީގެ ޑެޕިއުޓީ ޗެއަރޕާސަން އަޙްމަދު ޢަބްދުالله އާއި ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް އާއި ތޮއްޑޫ ދާއިރާގެ މެމްބަރު ހުސައިން ސަމީރާއި، މަރަދޫ ދާއިރާގެ މެމްބަރު އަޙްމަދު ދީދީ އާއި ގައުމީ މަޖިލީހުގެ ބައެއް މެމްބަރުންނާއި މަޖިލިސް 19ގެ ބައެއް މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައި ކަމަށެވެ.
ސަރުކާރުގެ ސިޔާސަތުތަކާއެކު ގެސްޓްހައުސް ސިނާއަތު ހަލާކުވެދާނެ ކަމަށް ޝާހިދު ވިދާޅުވެފައިވާއިރު ޓީޖީއެސްޓީ އާއި ގްރީން ޓެކުހާއި ޑިޕާޗަރ ޓެކުހާއި އެއަރޕޯޓު ޑިވެލޮޕްމަންޓް ފީ ބޮޑުކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

އުކުޅަހަކީ ފަތުރުވެރިކަމުން އާމްދަނީ ހޯދައި، ދައުލަތުގެ ހަޒާނާއަށް އެސިނާއަތުން ލިބޭ ފައިސާ ވައްދާ ރަށެއް. ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާއެކު، މުޅި ސިނާއަތު ހަލާކުވެ، އިގްތިސާދު އިތުރު އަނދަވަޅަކަށް ވެއްޓިދާނެ. މި ސަރުކާރު ބަލިކޮށް، އަނެއްކާވެސް ރައްޔިތުންނަށް އުއްމީދީ ވެރިކަމެއް… pic.twitter.com/9jYwPeU0a8
— Abdulla Shahid (@abdulla_shahid) November 25, 2024
ޝާހިދުގެ މި ދަތުރުފުޅާ ގުޅިގެން އެމްޑީޕީން ބުނީ އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު އުކުޅަހަށް ކުރެއްވި ދަތުރުފުޅުގައި، އެޕާޓީގެ ޑެޕިއުޓީ ޗެއަރޕާސަން އަޙްމަދު ޢަބްދުالله އާއި ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް އާއި ތޮއްޑޫ ދާއިރާގެ މެމްބަރު ހުސައިން ސަމީރާއި، މަރަދޫ ދާއިރާގެ މެމްބަރު އަޙްމަދު ދީދީ އާއި ގައުމީ މަޖިލީހުގެ ބައެއް މެމްބަރުންނާއި މަޖިލިސް 19ގެ ބައެއް މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައި ކަމަށެވެ.
ސަރުކާރުގެ ސިޔާސަތުތަކާއެކު ގެސްޓްހައުސް ސިނާއަތު ހަލާކުވެދާނެ ކަމަށް ޝާހިދު ވިދާޅުވެފައިވާއިރު ޓީޖީއެސްޓީ އާއި ގްރީން ޓެކުހާއި ޑިޕާޗަރ ޓެކުހާއި އެއަރޕޯޓު ޑިވެލޮޕްމަންޓް ފީ ބޮޑުކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު