ރާއްޖެއިން ތައިލެންޑަށް އައްޔަނުކުރާ ސަފީރުގެ މަގާމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގު އައްޔަނުކުރަން މަޖިލީހުހެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.
ފުވާދު އެ މަގާމަށް އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ނަން ފޮނުވުމުން ކޮމިޓީއަށް ފޮނުވީ އިއްޔެ އެވެ. އަދި މިއަދު ބޭއްވި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މެމްބަރުންގެ އަޣުލަބިއްޔަތުން ވަނީ ފުވާދު އެ މަގާމަށް އައްޔަނުކުރަން ފާސްކޮށްފަ އެެވެ.
ކޮމިޓީން ފުވާދުގެ ނަން ފާސްކުރުމުން ދެން އެ ނިންމުމާމެދު އެންމެ ފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން ނެވެ.
ފުވާދު މީގެ ކުރިން ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަގާމު ދެ ދައުރު ފުރިހަަމަ ކުރައްވައިފަ އެވެ. އަދި ފުވާދުގެ ގައުމީ ޚިދުމަތުގެ ވަރަށް ގިނަ ދުވަސްތައް އިލެކްޝަން ކޮމިޝަންގައި ހޭދަކުރައްވާފައި ވެއެވެ.
އިލެކްޝަންސް ކޮމިޝަންގައި ފުވާދުގެ ދައުރު ހަމަވީ މިދިޔަ އާާދިއްތަ ދުވަހު އެވެ.
ކަސްޓަމްސް އޮފިސަރެއްގެ ގޮތުގައި 1973 ވަނަ އަހަރު ސަރުކާރުގެ ހިދުމަތާ ގުޅިވަޑައިގެންނެވި ފުވާދަކީ މިހާރު ގިނަ ބައެއްގެ އިތުބާރު ހޯއްދަވާފައިވާ ބޭފުޅެކެވެ. ހާއްސަކޮށް ނިމިގެން ދިޔަ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިހާބު ވެސް ފުވާދުގެ ރައީސް ކަމުގައި ދިޔައީ ވަރަށް އޮމާންކޮށް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފުވާދަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު