ތަދުކަނޑުވަން ބޭނުންކުރާ ދެ ސިރަޕެއް ރާއްޖޭގައި ވިއްކުން މަނާކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ ރާއްޖޭގައި ހުންނަ ބޭހަކީ ފެންވަރު ރަނގަޅު ރައްކާތެރި ބޭސްތޯ ކަށަވަރުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އަދި އެ މަސައްކަތުގެ ތެރެއިން ރާއްޖޭގެ މާކެޓުން ސާމްޕަަލްނަގައި ސްކްރީންކުރި އިރު ތަދު ކެނޑުވުމަށް ބޭނުންކުރާ ޕާކިސްތާނުގެ އެފްރޯޒާ ކެމިކަލް އިންޑަސްޓްރީގައި އުފައްދާ މެފްނެކް ސަސްޕެންޝަން ސިރަޕާއި އަދި މެލޭޝިޔާގެ ކޮޓްރާ ފާމާގެ އެކްސެލް މެފެނެމިކް އެސިޑް, ސަސްޕެންޝަން ސިރަޕް ޑައިތީލައިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލްއަށް ޕޮޒިޓިވްވެފައިވާ ކަމަށް އެމްއެފްޑީއޭއިން ބުނެފައި ވެއެވެ.

އަދި އޭގެ ނަތީޖާ ކަށަވަރުކުރުމަށް ދެ ބޭހުގެ ސާމްޕަލް ރާއްޖެއިން ބޭރަށް ފޮނުވަން މަސައްކަތް ކުރަމުންދާ ކަަމަށް ވެސް ބުނެފައި ވެއެވެ.

"ވީމާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މަތީގައި ދެންނެވިފައިވާ ދެ ބޭހުގެ އެއްވެސް ބެޗެއް މި އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން ވަގުތީ ގޮތުން މަނާކޮށްފައިވާކަމުގައި ދަންނަވަމެވެ. އެހެންކަމުން މިވަގުތު ބޭސް ފިހާރަތަކާއި ބޭސް ގުދަންތަކުގައި ހުރި މި ދެ ބޭސް ސްޓޮކާއި ވަކިކޮށްގެން ބެހެއްޓުމަށް ދަންނަވަމެވެ." އެމްއެފްޑީއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން