ގެދޮރުވެރިޔާ ސްކީމާއި ގުޅިގެން ދޮގު ޚަބަރުތައް ނުފެތުރުމަށް ހައުސިންގ މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ގެދޮރުވެރިޔާ ސްކީމާ ގުޅޭގޮތުން އާންމުންގެ ހިތްތަކުގައި މިނިސްޓްރީއާއިމެދު ނުބައި ތަސައްވުރެއް އުފެދޭގޮތަށް ހަގީގަތާއި ޚިލާފު ވާހަކަތަކެއް މީސްމީޑިއާގައި ފަތުރަމުން ދާކަމަށެވެ.

އެގޮތުން ގެދޮރުވެރިޔާ ސްކީމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސިޔާސީ އެކި ފަރާތްތަކުން ނުޒޫފު ފޯރުވަމުންދާކަމަށް ބުނެ ފަތުރަމުން ދަނީ ހަގީގަތާއި ޚިލާފު ވާހަކައެއްކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން ބުނީ، އެ މަސައްކަތުގައި މިހާރު ކުރިއަށްދާ ރީ-އިވެލުއޭޝަން މަސައްކަތްތަކުގައި އެއްވެސް ބަޔަކަށް ނުފޫޒު ނުފޯރުވޭނެކަމުގެ ޔަގީންކަން ދޭކަމަށެވެ.

އަދި މިނިސްޓްރީގެ މަގުސަދަކީ މި ސްކީމްގެ ދަށުން ފުލެޓްތައް ލިބިގެންދާނީ އެންމެ ހައްގުވެރި ފަރާތްތަކަށް ކަމުގައި ކަނޑައެޅިގެން ދިޔުންކަމަށް ވެސް ވަނީ ބުނެފައެވެ.

ކުރީ ސަރުކާރުން ފެށި ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފުލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކުރަން މި ސަރުކާރުން އެކި ތާރީޚުތައް މިހާތަނަށް ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން