"ވީ ވޭވްސް: ބްރެއިން އެންޑް ބިހޭވިއާ ލެބް" ވިލާ ކޮލެޖުގައި ހުޅުވައިފި އެވެ.

ވިލާ ކޮލެޖުން ސިލްސިލާކޮށް ބާއްވަމުން އަންނަ "ސައިކޮލޮޖީ ސިމްޕޯޒިޔަމް" ގެ ތެރެއިން މި އަހަރު ކުރިއަށް ގެންދާ ސިމްޕޯސިއަމްގައި އެ "ބްރެއިން ލެބް" ހުޅުއްވައި ދެއްވީ ނެޝަނަލް ސެންޓަ ފޯ މެންޓަލް ހެލްތުގެ ޕްރިންސިޕަލް ކްލިނިކަލް ސައިކޮލޮޖިސްޓް، ޑރ. އާފިޔާ އަލީ އެވެ.

ޑރ. އާފިޔާ ވިދާޅުވީ މިފަދަ ލެބެއް ގާއިމުކުރުމުން، ސައިކޮލޮޖީ އާއި ކްލިނިކަލް ދާއިރާއިން ފަރުވާ ހޯދާ ފަރާތްތަކަށް ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ފަރުވާ ދިނުން ހަރުދަނާވެގެން ދާނެ ކަމަށެވެ.

މި "ބްރެއިން ލެބް" ގައި ސިކުނޑީގެ ހިނގުންތައް ބެލުމަށް ބޭނުންކުރާ އިލެކްޓްރޯ އެންސެފަލޯގްރާމް (އީއީޖީ) ބޭނުން ކުރާ ގޮތް ވެސް އިއްޔެ ވަނީ ދައްކާލައިފަ އެވެ.

ވިލާ ކޮލެޖުން ބުނީ އީއީޖީގެ އެހީގައި ބްރެއިން ވޭވްސް މޮނިޓާ ކުރާ ގޮތާއި، ނިއުރޯ ސައިންސް އަދި ސައިކޮލޮޖީގެ ދާއިރާއިން ދިރާސާގެ މައްޗަށް ބިނާކޮށް، ޑިޕްރެޝަން، އެންޒައިޓީ، އޯޓިޒަމް، އެޓެންޝަން ޑެފިސިޓް ޑިސްއޯޑާސް، އަލްޒައިމާސް، އަދި ޑިމެންޝިއާ ފަދަ ކަންތައްތަކަށް ފަރުވާ ދިނުމުގައި ކުރިއެރުން ލިބިގެން ދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން