މާޒިޔާ ސްޕޯޓްސް (ފޮޓޯ: ސޯޝަލް މީޑިއާ)
މާޒިޔާ ސްޕޯޓްސް (ފޮޓޯ: ސޯޝަލް މީޑިއާ)
އެޗްޕީއޭގެ ހުއްދައާއި އެކު މާޒިޔާއިން އޭއެފްސީ ކަޕަށް ޕްރެކްޓިސް ފަށައިފިއެވެ.

ކޯވިޑް-19 ގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުޅިވަރު ހަރަކާތްތަކާއި ޓީމުތަކުގެ ފަރިތަކުރުންތައް ކުރިއަށް ނުގެންދަން މި މަހުގެ ކުރީކޮޅު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ލަފާ ދިން ނަމަވެސް، މިދިޔަ އަންގާރަ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މާޒިޔާގެ އިތުރުން ޓީސީ ސްޕޯޓްސް ކުލަބާއި، ގައުމީ ފުޓްބޯޅަ ޓީމަށް ފަރިތަކުރުމުގެ ހުއްދަ ދީފައެވެ.

އެޗްޕީއޭއިން މައުލޫމާތުދޭ ގޮތުގައި ޓީމުތަކުން ފަރިތަކުރުންތައް ކުރިއަށް ގެންދަންޖެހޭނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށެވެ. އެއާއެކު ބުރާސްފަތި ދުވަހުގެ ހަވީރު މާޒިޔާއިން ވަނީ ގައުމީ ފުޓްބޯޅަ ދަނޑުގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ.

މާޒިޔާއިން އޭއެފްސީ ކަޕަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ފެށި ނަމަވެސް، މި މުބާރާތުގައި ވާދަކުރާ ޓީސީން އަދި މިހާތަނަށް ފަރިތަކުރުންތައް ފަށާފައެއް ނުވެއެވެ. އެ ކުލަބުގެ ފަރިތަކުރުންތައް ފަށާނީ އަންނަ ސެޕްޓެމްބަރު މަހު ތެރޭގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާއަށް ހާއްސަ ގްރޫޕްގެ ހުރިހާ މެޗެއް މާލޭގައި ކުރިއަށްދާއިރު، މެޗުތައް ކުޅޭނީ އޮކްޓޯބަރު މަހުގެ 23 އިން ނޮވެމްބަރު 04 އާއި ދެމެދުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން