ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނެއް ވުޖޫދުކުރަން ހުށަހެޅި ބިލާއި ދައުލަތުގެ ދަރަންޏާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ދައުލަތުގެ ދަރަންޏާ ބެހޭ ބިލުގައި ވަނީ ބިލު ފާސްވެ އަމަލުކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި ދައުލަތުގެ ޑެޓް މެނޭޖުމަންޓް އޮފީހެއް ގާއިމްކޮށް ދައުލަތުގެ ދަރަނި ބެލެހެއްޓުމާއި މެނޭޖުކުރުމުގެ މަސައްކަތް އެއޮފީހުން ކުރަން ޖެހޭނެ ކަމަށެވެ.
މި ބިލް ރައީސް ތަސްދީގު ކުރެއްވުމާހަމައިން މިހާރު އަމަލުކުރަމުން އަންނަ ދައުލަތުގެ ޚަރަދަށް ޒިންމާވާ ގާނޫނު އުވާލާނެއެވެ.
އަލަށް ފާސްކުރި ފިސްކަލް ޒިންމާގެ ބިލްގައި ވާ ގޮތުން ދައުލަތުގެ ކޭޝް ފްލޯ މެނޭޖު ކުރުމަށް، އެމްއެމްއޭ އިން ފައިސާ އެޑްވާންސްކޮށް ހޯދޭނީ ތިން އަހަރުގެ މުއްދަތަށް ސަރުކާރަށް ލިބޭ އާމްދަނީގެ 2.5 އިންސައްތަ ކަމަށެވެ. ނަމަވެސް ކުރިން އޮންނަގޮތުން އެގޮތަށް ނެގެން އޮންނަނީ 1 އިންސައްތައެވެ.
މި ދެ ބިލް ވެސް ފާސްކޮށްފައިވަނީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށެވެ.
ބިލްތައް ފާސްކުރީ 81 މެންބަރުންގެ ވޯޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު