ޑިޕާޗާ ޓެކްސްތަކާއި ޓޫރިޒަމް ދާއިރާގެ އެހެން ޓެކްސްތައް ބޮޑުވެ، ރާއްޖެ އަންނަން ބޭނުންވާ ޓޫރިސްޓުން ކުރަން ޖެހޭ ހަރަދުތައް އިތުރަށް ބޮޑުވެ އެކަން ބައިނަލްއަގުވާމީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
އެގޮތުން ފަތުރުވެރިންނަށް ރާއްޖޭގެ އަގު ބޮޑު ވާހަކަ ދުނިޔޭގެ އެންމެ ބޮޑެތި މީޑިއާތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގެ ސީއެންއެންގެ ޓްރެވަލް އެޑިޝަންގައި މިއަދު ވަނީ ގެނެސްދީފަ އެވެ. އެ ހަބަރުގައި ރިޕޯޓްކޮށްފައިވާގޮތުގައި އަންނަ މަހުގެ އެކަކުން ފެށިގެން ޑިޕާޗާ ޓެކްސްއާ އެކީ ރާއްޖެ ދަތުރުކުރުމުގެ އަގު ބޮޑުވާނެ ކަމަށް ބުނެފައި ވެއެވެ.
މީގެ އިތުރުން އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޓޫރިޒަމް ދާއިރާގެ ހަބަރުތައް ގެނެސްދޭ ޓީޓީޖީ އޭޝިއާގައި ބުނެފައިވަނީ ޓެކްސްތައް ބޮޑުކުރުމާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމަށެވެ. އަދި ޑޮލަރު މާރުކުރުމާ ގުޅޭގޮތުން ރިސޯޓު ވިޔަފާރިތަކުގެ ހުރި ކަންބޮޑުވުންތަކުގެ ވާހަކަ ވެސް އެޚަބަރުގައި ޝާޢިއުކޮށްފައިވެއެވެ. ބެލެވޭ ގޮތުގައި މިއީ ޕެއިޑް ނުވަތަ ސްޕޮންސަރ ކޮށްފައިވާ ޚަބަރު ތަކެކެވެ.
ފަތުރުވެރިންނަށް ރާއްޖޭގެ އަގު ބޮޑުވާހަކަ ޝާޢިއުކޮށްފައިވާއިރު ޓޫރިޒަމް ވިޔަފާރިތަކާއި އެ ވިޔަފާރިތަކާ ގުޅުން ހުރި ޖަމިއްޔާތަކުން ވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ބަޔާން ތައް ނެރެފައެވެ.
އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން 16 ޕަސެންޓުގައި މިހާރު ނަގާ ޓީޖީއެސްޓީ 17 ޕަސެންޓަށް ބޮޑުކުރަން ވަނީ ނިންމާފައެވެ.
މީގެ އިތުރުން އަންނަ ޖަނަވަރީ މަހުން ފެށިގެން ގްރީން ޓެކްސްގެ ގޮތުގައި ރިސޯޓުތަކާއި ސަފާރީތަކާއި ބޮޑެތި ހޮޓާތަކަށް އަންނަ ޓޫރިސްޓުންގެ އަތުން މިހާރު ނަގާ 6 ޑޮލަރު ބަދަލުގައި 12 ޑޮލަރަށް ވަނީ ބޮޑުކޮށްފައެވެ. އަދި ގެސްޓުހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ނަގާ މި ޓެކްސް 03 ޑޮލަރުން 06 ޑޮލަރަށް ބޮޑުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.
ހަމައެއާއެކު އެއާޕޯޓު ޓެކްސްއަށް އިކޮނޮމީ ކްލާހުން ދަތުރުކުރާ ޓޫރިސްޓުންގެ އަތުން މިހާރު ނަގާ 30 ޑޮލަރު 50 ޑޮލަރަށް ބޮޑުކޮށްފައިވާއިރު ބިޒްނަސް ކްލާހުން ދަތުރުކުރާ ޓޫރިސްޓުންގެ ޓެކްސް ދެ ގުނަ ބޮޑުވެ މިހާރު ނަގާ 60 ޑޮލަރުގެ ބަދަލުގައި 120 ޑޮލަރު ނަގަން ވަނީ ނިންމާފައެވެ. އަދި ފަސްޓް ކްލާހުގައި ދަތުރުކުރާ މީހުންގެ އަތުން ނަގާ ޓެކްސް 90 ޑޮލަރުން 240 ޑޮލަރަށް ވަނީ ބޮޑުކޮށްފައެވެ.
މިއާއެކު ބައެއް އެއާލައިން ތަކުން ދަނީ މި ތާރީޚު ތަކުގެ ކުރިން އަގުހެޔޮ ޓިކެޓް ނެގުމަށް އިސްތިހާރު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު