ރައީސުލްޖުމްހޫރިއްޔާގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ވާހަކަ ދެެއްކެވުމުން ގައްދޫ ކައުންސިލްގެ ރައީސަށް ފިޔަވަޅު އެޅުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ އެލްޖީއޭ އިން އެކައުންސިލަށް އަންގައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭލްޖީއޭ އިން ގައްދޫ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ގައްދޫ ކައުންސިލްގެ ރައީސް ވަޓްސްއެޕް ގްރޫޕެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ނިސްބަތްވާ ގޮތަށް ހަޑިހުތުރު ބަހުން ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އެހެންކަމުން ކައުންސިލްގެ ރައީސަށް ފިޔަވަޅު އެޅުމަށް އެސިޓީގައި އެލްޖީއޭއިން ވަނީ ގައްދޫ ކައުންސިލަށް އަންގާފައެވެ.
ގައްދޫ ކައުންސިލްގެ ބައެއް މެންބަރުންނާ ޙަވާލާދީ ރާއްޖޭގެ މީޑިއާ އެއްގައި ރިޕޯޓް ކޮށްފައިވަނީ ވަޓްސްއެޕް ގްރޫޕްގައި ކުރެވުނު މަޝްވަރާއަކީ އެރަށުގެ ޕްރީ ސުކޫލު ހަދަން ހުއްދަ އެދުނުތާ ހަ މަސްވެގެން ދިޔައިރު ވެސް، ސަރުކާރުން ހުއްދަ ދޫކޮށްފައިނުވާ މައްސަލަ ކަމަށެވެ.
އެހެންކަމުން ރަށުގެ ޙައްޤުގައި ކޮށްފައިވާ މަޝްވަރާއެއްގެ ސަބަބުން ފިޔަވަޅު އަޅާނަމަ އެންމެ އައުލާވެގެންވަނީ މުޅި ކައުންސިލަށް ފިޔަވަޅުއެޅުން ކަމަށާއި އަދި މިއީ އެއްވެސް ތާކުންތާކުޖެހޭ ކަމެއް ނޫންކަމަށްވެސް ކައުންސިލް މެންބަރުންނާ ޙަވާލާދީ މީޑިއާގައި ރިޕޯޓް ކޮށްފައިވެއެވެ.
“ހަގީގަތުގައި ރައީސަށްވުރެ އައުލާކަން ބޮޑު ކަންނޭނގެ މުޅި ކައުންސިލަށް ފިޔަވަޅު އެޅުން.” ރާއްޖޭގެ މީޑިއާ އަކަށް ދިން ބަސްދީގަތުމެއްގައި ކައުންސިލްގެ މެންބަރަކު ހާމަކުރަށްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ވާހަކަ ދެެއްކެވުމުން ގައްދޫ ކައުންސިލްގެ ރައީސަށް ފިޔަވަޅު އެޅުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ އެލްޖީއޭ އިން އެކައުންސިލަށް އެންގި މައްސަލާގައި ބައެއް ފަރާތްތަކުން ދަނީ މީސްމީޑިއާގައި އެލްޖީއޭއަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު