ރާއްޖެއަށް އަލުން ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިޢުލާނު ކުރަށްވައިފިއެވެ.
ރައީސް ޞާލިޙް މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މިއަދަކީ ރާއްޖޭގެ ކުޅިވަރަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި ރާއްޖެއަށް އަލުން ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ދޭން ނިންމާފައިވާކަން ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުގެ ރައީސް ޑެމޭ ލުއިސް މާޓިން އަންގަވާފައިވާ ކަމަށެވެ.
ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް އަލުން ހޯދައިދިނުމުން ރައީސް ވަނީ ކޮމަންވެލްތުގެ މެންބަރު ގައުމުތަކަށް ޝުކުރު އަދާކޮށްފައެވެ.
ރާއްޖެއަށް ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު އަލުން ލިބުމާ ގުޅިގެން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވީ ރާއްޖެއަށް ކޮމަންވެލްތު ގޭމްސްއިން ފުރުސަތު ލިބިގެންދިއުމަކީ ދިވެހި އެތުލީޓުންނަށް ލިބުނު ބޮޑު ފުރުސަތެއް ކަމަށާއި 2022 ގައި އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބާއްވާ ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމަކީ ރާއްޖެއަށް ލިބޭނެ ފަހުރެއް ކަމަށެވެ.
ކޮމަންވެލްތުގައި ރާއްޖޭން ފުރަތަމަ ބައިވެރިވީ 1982 ވަނަ އަހަރުގެ ޖުލައި މަހުގެ ނުވަވަނަ ދުވަހުއެވެ. އެންމެ ފަހުން ރާއްޖެއިން ކޮމަންވެލްތު ގޭމްސްގައި ބައިވެރިވީ 2014 ވަނަ އަހަރު ސްކޮޓްލެންޑްގެ ގްލާސްގޯގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައެވެ.
ރާއްޖެއަށް ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ގެއްލުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި 2016 ވަނަ އަހަރު ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ނިންމުމާ ގުޅިގެންނެވެ. ކޮމަންވެލްތުން ރާއްޖެ ވަކިވާން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ބޭއްވި އޭރު އޮތް 18 ވަނަ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ކޮމަންވެލްތުން ރާއްޖެ ވަކިވާން ފެންނަ ކަމަށް 39 މެންބަރަކު ވޯޓު ދެއްވައިގެންނެވެ.
ރައީސް ޞާލިޙްގެ ވެރިކަމުގައި ރާއްޖެއިން ކޮމަންވެލްތު އޮފް ނޭޝަންސްއާ އަލުން ގުޅުމަށް ނިންމެވީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ގައެވެ. އަދި އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމުން ކޮމަންވެލްތުގައި ރާއްޖެއިން އަލުން ބައިވެރިވުމަށް ފާސްކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ގައި ބޭއްވި އެ މަޖިލީހުގެ ޖަލްސާގައެވެ.
ކޮމަންވެލްތުގެ ހުރިހާ ގައުމެއްގެ ފުރިހަމަ ތާއީދާއެކު ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ އަލުން ކަނޑައެޅިގެން ދިޔައީ މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.

A very happy day for Maldivian sporting. President of the Commonwealth Games Federation, Dame Louise Martin has written to me informing that the resolution to re-admit the Maldives to @thecgf has been approved. Our thanks to all member countries who supported our re-admission.
— Ibrahim Mohamed Solih (@ibusolih) August 28, 2020
ރާއްޖެއަށް ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު އަލުން ލިބުމާ ގުޅިގެން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވީ ރާއްޖެއަށް ކޮމަންވެލްތު ގޭމްސްއިން ފުރުސަތު ލިބިގެންދިއުމަކީ ދިވެހި އެތުލީޓުންނަށް ލިބުނު ބޮޑު ފުރުސަތެއް ކަމަށާއި 2022 ގައި އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބާއްވާ ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމަކީ ރާއްޖެއަށް ލިބޭނެ ފަހުރެއް ކަމަށެވެ.
ކޮމަންވެލްތުގައި ރާއްޖޭން ފުރަތަމަ ބައިވެރިވީ 1982 ވަނަ އަހަރުގެ ޖުލައި މަހުގެ ނުވަވަނަ ދުވަހުއެވެ. އެންމެ ފަހުން ރާއްޖެއިން ކޮމަންވެލްތު ގޭމްސްގައި ބައިވެރިވީ 2014 ވަނަ އަހަރު ސްކޮޓްލެންޑްގެ ގްލާސްގޯގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައެވެ.
ރާއްޖެއަށް ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ގެއްލުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި 2016 ވަނަ އަހަރު ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ނިންމުމާ ގުޅިގެންނެވެ. ކޮމަންވެލްތުން ރާއްޖެ ވަކިވާން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ބޭއްވި އޭރު އޮތް 18 ވަނަ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ކޮމަންވެލްތުން ރާއްޖެ ވަކިވާން ފެންނަ ކަމަށް 39 މެންބަރަކު ވޯޓު ދެއްވައިގެންނެވެ.
ރައީސް ޞާލިޙްގެ ވެރިކަމުގައި ރާއްޖެއިން ކޮމަންވެލްތު އޮފް ނޭޝަންސްއާ އަލުން ގުޅުމަށް ނިންމެވީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ގައެވެ. އަދި އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމުން ކޮމަންވެލްތުގައި ރާއްޖެއިން އަލުން ބައިވެރިވުމަށް ފާސްކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ގައި ބޭއްވި އެ މަޖިލީހުގެ ޖަލްސާގައެވެ.
ކޮމަންވެލްތުގެ ހުރިހާ ގައުމެއްގެ ފުރިހަމަ ތާއީދާއެކު ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ އަލުން ކަނޑައެޅިގެން ދިޔައީ މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލު