އިންޓަނޭޝަނަލް ރެސިޑެންސް އެންޑް ސިޓިޒެންޝިޕް އެޑްވައިޒަރީ ފަރމް ހެންލީ އެންޑް ޕާޓްނާޒް އިން ދޭ ގްލޯބަލް ސިޓިޒަން އެވޯޑު ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ލިބިވަޑައިގެންފިއެވެ.

މި އަހަރުގެ ގްލޯބަލް ސިޓިޒަން އެވޯޑު ރައީސް ނަޝީދަށް އަރުވާފައިވަނީ މިހާރު ސިންގަޕޫރުގައި ކުރިއަށްދާ ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސްގައެވެ.

ސްވިޒަލޭންޑުގެ އެންޖީއޯއެއް ކަމަށްވާ އަންޑަން ފައުންޑޭޝަނާ ގުޅިގެން ހެންލީ އެންޑް ޕާޓްނާޒް އިން ދޭ މި އެވޯޑަކީ އެކި ދާއިރާތަކުން ދުނިޔޭގެ ފެންވަރުގައި މަސައްކަތްކޮށް ބައިނަލްއަގުވާމީ މުޖުތަމައު ކުރިއެރުވުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ދޭ އެވޯޑެކެވެ.



އަންޑަން ފައުންޑޭޝަނާ ގުޅިގެން ހެންލީ އެންޑް ޕާޓްނާޒް މި އެވޯޑާއެކު އެ ފަރމުން ވަނީ ބައިނަލްއަގުވާމީ މައިދާނުގައި އިންސާނީ ހައްގުތަކާއި ތިމާވެށީގެ ދާއިރާއިން ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަށް ފާހަގަކޮށްފައެވެ. ރައީސް ނަޝީދަށް މި އެވޯޑު ލިބިވަޑައިގަތީ ޚާއްޞަކޮށް މޫސުމީ ބަދަލުތަކާ ޗެލެންޖުކޮށް ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުން ކަމަށް އެފަރމުން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސްކަން ވެސް ކުރެއްވި ރައީސް މުޙައްމަދު ނަޝީދު ހުންނެވީ ކްލައިމަޓް ވަލްނެރެބަލް ފޯރަމް ގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައެވެ. ސިޔާސީ ކަންކަމުން ދުރަށް ވަޑައިގެން އެމަނިކުފާނުގެ ދިރުއުޅުއްވުން މިހާރު ވަނީ ގާނާ އަށް ބަދަލު ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން