ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ ގާނޫނުއަސާސީ ފުނޑާލާ، ބާރުތައް އަތްޕުޅަށް ނަންގަވަންކަމަށް ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން މި ސަރުކާރުން ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި އެ ކަންކަން ވަނީ ކުށްވެރި ކުރައްވާފައެވެ. މާރިޔާ ވިދާޅުވީ، އެމްޑީޕީން ބަރުލަމާނީ ނިޒާމެއްގެ ވާހަކަ ކިޔަކިޔާ އޮއްވާވެސް ރައްޔިތުން ބޭނުންވީ ތިން ބާރު ވަކިވެފައި އޮންނަ ރިޔާސީ ނިޒާމެއް ކަމަށާއި ނަމަވެސް މިއަދު ބާރުތައް އޮތީ އެއްބައެއްގެ އަތްމަތީ ކަމަށެވެ.

ހާއްސަ ގޮތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅު ވަނީ ހުރިހާ ބާރެއް އެމަނިކުފާނުގެ އަތްޕުޅަށް ނެންގެވުމަށް ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވަނީ މިހާރު ރައްޔިތުން ތިބީ ސަރުކާރުން ކުރަމުން ގެންދާ ކަންކަމާއި ދެކޮޅަށް ތެދުވަން ބޭނުންވެފައި ކަމަށާއި އެހެންކަމުން އެ ޝަކުވާތައް ވަކިވަކިން ކުރުމުގެ ބަދަލުގައި އެމްޑީޕީން ޑިސެންބަރު 10 ގައި މިހާރު ބާއްވަން ތައްޔާރުވަމުންދާ ބޮޑު އެއްވުމުގައި ރައްޔިތުން ބައިވެރިވެ އަޑު އުފުލުމަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން