އިސްރާއިލުން ހިންގާ ނަސްލު ނައްތާލުމުގެ އަމަލު ހުއްޓުވަން އިގުތިސާދީ ގޮތުން ވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބިކަން ހާމަކުރުމުގެ ގޮތުން މިއަދު ފާާހަގަކުރާ ބައިނަލްއަގުވާމީ ދުވަހާ ގުޅިގެން ރައީސް މުއިއްޒު މިއަދު އެކްސްގައި ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ އަނިޔާވެރިކަން ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް އިހުސާސްކުރެވޭ ކަމަށެެވެ.
އެހެންވެ އިސްރާއިލުގެ އިސްތިއުމާރުން ފަލަސްތީނު މިނިވަންކުރުމުގެ އިތުރުން އިސްރާއިލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކާއި އަދި ނަސްލު ނައްތާލުމުގެ އަމަލުތައް ހުއްޓުވަން ސިޔާސީ ގޮތުންނާއި އިގުތިސާދީގޮތުން ވެސް ފިޔަވަޅުއަޅަން ޖެހޭކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ފަލަސްތީނުގެ މައްސަލައަށް އޮތް ހައްލަކީ 1967ގެ ކުރިން އެކުލަވާލައިފައިވާ ޗާޓަރުގެ ތެރެއިން މިނިވަން ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުން ކަމަށާއި އަދި އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ހަދައިގެން ކަމަށެވެ.
އިސްރާއިލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެެރެވުން މަނާކުރުމަށް ހުށަހަޅާފައިވާ ބިލެއްގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުން ނެވެ. އަދި މިމައްސަލައިގައި ކޮންމެވެސް ވަރެއްގެ ޚިޔާލު ތަފާތުވުމެއް ވެސް ވަނީ އުފެދިފައެވެ.
ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އިސްރާއިލުގެ ހުރިހާ ރައްޔިތުން މަނާކުރުމުގެ ބަދަލުގައި މުހިންމީ އިސްރާއިލުގެ އިސްވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް ހެދުމެވެ.

ކިޔުންތެރިންގެ ހިޔާލު