ރާއްޖެއަަށް ޑްރަގު އެތެރެކުރާ ބޮޑުންގެ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅުއަޅާތަން ކުރިއަށް އޮތްތަނުގައި ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މިރޭ ވިދާޅުވެއްޖެއެވެެ.

ދައުލަތުގެ މީޑިޔާ، ޕީއެސްއެމްގައި މިރޭ ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ، ރާއްޖެއަށް ޑްރަގު އެތެރެކުރާ ނެޓްވޯކްތަކާއި ޑްރަގު ބޮޑުންނަކީ ކޮބައިކަން ދެނެގަތުމަށް ތަހުގީގެއް ފަށަން ނިންމާފައިވާ ކަމަށެވެ. އަދި ޑްރަގު ބޮޑުންގެ މައްސަލަތައް ތަހުގީގުކޮށް އެމީހުންނާއި މެދު ފިޔަވަޅު އަޅާތަން ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

"އަޅުގަނޑު ދޭނެ ޔަގީންކަމަކީ މިމަސައްކަތް (މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރާ މަސައްކަތް) އިޚުލާސްތެރިކަމާއި އެކު ކޮށް މިދެންނެވި ގުރޫޕަށް ޓާގެޓްކޮށް މިކަމުގައި މި ނެޓްވޯކްތައް ހިންގާ، ބޮޑެތި މީހުންނަށް އަދި މިކަމުގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބޮޑުންގެ ވާހަކަ މިދައްކަނީ މި މީހުންގެ މައްސަލަތައް ތަހުގީގުކުރެވި މިކަމަށް ރަނގަޅު ފިޔަވަޅުތަކެއް އެޅިގެންދާތަން ދިވެހި ރައްޔިތުންނަށް ފެނިގެންދާނެ،" ސީޕީ ޝުޖާ ވިދާޅުވިއެވެ.

މީގެ އިތުރުން ކޮމިޝަނަރު ޝުޖާޢު ވިދާޅުވީ މިދިޔަ އެއްއަހަރުގެ ތެރޭގައި އެކަނި ވެސް 180 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފައިވާ ކަމަށެވެ. އަދި މިމުއްދަތުގެ ތެރޭގައި 8400 އަށް ވުރެ ގިނަ ބަނގުރާ (ފުޅިއާއި ދަޅު ހިމެނޭގޮތަށް) އަތުލައިގެންފައިވާ ކަމަށް ޝުޖާޢު ވިދާޅުވިއެވެ.

"މީ ގާތްގަނޑަކަށް އަގުމަގުކުރާ ކަމަށްވާނަމަ 333 މިލިއަން ރުފިޔާ އަށްވުރެ ގިނަ ތަކެތީގެ ވާހަކަ މިދަންނަވަނީ،" ސީޕީ ވިދާޅުވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ މާލޭގައި ޑްރަގު ވިޔަފާރިކޮށް ހަދާތަންތަން ބަންދު ކުރުމަށް ފުލުހުން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން މާލޭގައި ޑްރަގު ވިޔަފާރިކުރާ 40 ތަނެއް މިހާތަނަށް ބަންދުކޮށްފައިވާ ކަމަށް ސީިޕީ ވިދާޅުވިއެެވެ.

"ބައެއް ތަންތަނަކީ އެތަން ބަންދުކޮށްފައި ދުވަސްކޮޅަކުން ހުޅުވާ ތަންތަނަށްވާތީ އެތަންތަނަކީ 24 ގަޑިއިރު އަޅުގަނޑު ބަލަމުންދާ ތަންތަން، ބައެއް ތަންތަނުގައި ސްޓެޓިކްކޮށް ފުލުހުން ބައިތިއްބައިގެން އެބަ ބަލަހައްޓަން،" ކޮމިޝަނަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން