އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު
އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު
ބިރުދައްކަން ތަޙްޤީގަށް ގެންދިޔުމުގެ ސަގާފަތް އަލުން ފެށިފައިވާ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ އެމްޑީޕީގެ ސޯޝަލްމީޑިއާ އެކްޓިވިސްޓް ޙުސައިން ޝާފިޢު މީސްމީޑިއާގައި ކޮށްފައިވާ ޓްވީޓަކާއި ގުޅިގެން އޭނާގެ ބަޔާނެއް ނެގުމަށް ފުލުހުންގެ އިދާރާއަށް ޙާޟިރު ކުރުމަށް ޗިޓެއް ފޮނުވުމާއި ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޝާހިދު މިއަދު ވިދާޅުވީ މިސަރުކާރުގެ އަނިޔާވެރިކަމާއި، ޚުދުމުހުތާރުކަން އިންތިހާއަށް ގޮސްފައިވާކަން މިހާރު ފެންނަމުންދާ ކަމަށެވެ. އެގޮތުން މީސްމީޑިޔާގައި ފާޅުކުރި ޝުޢޫރަކާއި ގުޅިގެން ޝާފިޢު އަށް ފުލުހުން ޗިޓު ފޮނުވާފައިވާއިރު ގައްދޫ ކައުންސިލް ރައީސް މުހައްމަދު އަހުމަދު ވަޓްސްއަޕް ގުރޫޕެއްގައި ފާޅުކުރެއްވި ޝުޢޫރަކާއި ގުޅިގެން ކައުންސިލުން ފިޔަވަޅުއަޅަން އެލްޖީއޭ އިން އަންގާފައިވާކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.

“ބިރުދައްކަން ތަޙްޤީގަށް ގެންދިޔުމުގެ ސަގާފަތް އަލުން ފެށިއްޖެ.” ސަރުކާރުގެ ޢަމަލުތަކާމެދު ހިތްހަމަނުޖެހުން ފާޅު ކުރަށްވަމުން ޝާހިދު ވިދާޅުވިއެވެ.

އޭގެއިތުރުން ޝާހިދު ވިދާޅުވީ ދިވެހި ރައްޔިތުންގެ އަނގަމަތީގައި މަލަންއަޅައި ބަންދު ނުކުރެވޭނެ ކަމަށާއި ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކުރުމުގައި އެމްޑީޕީ ފަހަތަށް ނުޖެހޭނެ ކަމަށެވެ.

ޝާހިދު މިއަދު މިހެން ވިދާޅުވެފައިވާއިރު ފުލުހުން ޝާފިޢު އަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ ނޮވެމްބަރު 8 ވަނަ ދުވަހު 01:14 ގައި ހަޑިހުތުރު ބަސް ބޭނުންކޮށްގެން ބިރުވެރިކަން އުފެދޭ ގޮތަށް، ސޯޝަލް މީޑިއާ ޕްލެޓް ފޯމެއް ކަމަށްވާ އެކްސް ގައި ޝާފިއު ޕޯސްޓެއް ކޮށްފައިވާ ކަމަށެވެ.



މި މައްސަލާގައި ދާޚިލީ ވަޒީރު އިޙްސާން ވިދާޅުވީ އެމްޑީޕީގެ އެކްޓިވިސްޓް ޝާފިޢުގެ ޕޯސްޓުގައި ލިޔެފައި އޮތީ “މަށަށް ކަލޭ މަގެއްމަތިން ނުފެއްނާތި،” މިހެން ކަމަށެވެ.

އަދި އެޖުމްލައިން ކޮންމެވެސް މީހަކަށް ނިސްބަތްކޮށް އެމީހަކު މަގެއްމަތިން ފެނިއްޖެނަމަ އެމީހަކަށް ޖިސްމާނީގޮތުން ގެއްލުމެއް ދީފާނެކަމަށް ދޭހަވާތީ އެކަން ސާފުކުރުމަކީ ކަމާބެހޭ އިދާރާތަކުން ކުރަންޖެހޭ ކަމެއް ކަމަށް އިޙްސާން ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން