ކުރީގެ ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް
ކުރީގެ ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް
އެމްޑީޕީގެ މީސްމީޑިއާ އެކްޓިވިސްޓް ޙުސައިން ޝާފިޢު މީސްމީޑިއާގައި ކޮށްފައިވާ ޓްވީޓެއްގެ މައްސަލަ ބެލުމަށް ފުލުހަށް ޙާޟިރުކުރާތީ އަންނަނީ ހިނި ކަމަށް ކުރީގެ ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް މިއަދު ވިދާޅުވެއްޖެއެވެ.

މަޙްލޫފް މިއަދު ވިދާޅުވީ މީހަކު އެކްސްގައި ކުރާ ޕޯސްޓެއްގެ ފަހަތުން ދުވަން އުޅުންވާނީ ޖޯކަކަށް ކަމަށާއި އެހުންނަނީ ހުއްޓުވޭނެ ޒާތުގެ ކަންތައްތަކެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންތައްތައް ރައްޔިތުންނަށް ވާނީ ޖޯކަކަށް ކަމަށްވެސް މަޙްލޫފް މިއަދު ވިދާޅުވިއެވެ.

“އެފަދަ ކަންކަމުން ހިތްވަރުލިބި ޕޯސްޓުކުރާ މީހުން އިތުރުވާނެ. ”ޗާލީ ތުއްތު“ އެއީ ކާކު؟ ކާކު ހިންގާ އެކައުންޓެއް؟” މަޙްލޫފް ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު މަޙްލޫފް ވިދާޅުވީ ހަނދާނަށް އަންނަނީ ރައީސް ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ތެރޭގައި އޭނާ ކުރި 2 ޓުވީޓަކާއި ގުޅިގެން 2 ދައުވާ އުފުލައި ޝަރީއަތް ކުރިމަތިން ކަމަށެވެ.

“އެދުވަހުވެސް އައީ ހިނި. މިއަދުވެސް މިހަބަރު ފެނުނީމަ ވަރަށް ހެވުނު.” ޝާފިޢު ފުލުސް އޮފީހަށް ޙާޟިރު ކުރުމަކީ ޖޯކެއް ކަމަށް ސިފަކުރަށްވަމުން މަޙްލޫފް ވިދާޅުވެފައިވެއެވެ.

މަޙްލޫފް މިހެން ވިދާޅުވެފައިވާއިރު ފުލުހުން ޝާފިޢު އަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ ނޮވެމްބަރު 8 ވަނަ ދުވަހު 01:14 ގައި ހަޑިހުތުރު ބަސް ބޭނުންކޮށްގެން ބިރުވެރިކަން އުފެދޭ ގޮތަށް، ސޯޝަލް މީޑިއާ ޕްލެޓް ފޯމެއް ކަމަށްވާ އެކްސް ގައި ޝާފިއު ޕޯސްޓެއް ކޮށްފައިވާ ކަމަށެވެ.



މި މައްސަލާގައި ދާޚިލީ ވަޒީރު އިޙްސާން ވިދާޅުވީ އެމްޑީޕީގެ އެކްޓިވިސްޓް ޝާފިޢުގެ ޕޯސްޓުގައި ލިޔެފައި އޮތީ “މަށަށް ކަލޭ މަގެއްމަތިން ނުފެއްނާތި” މިހެން ކަމަށެވެ.

އަދި އެޖުމްލައިން ކޮންމެވެސް މީހަކަށް ނިސްބަތްކޮށް އެމީހަކު މަގެއްމަތިން ފެނިއްޖެނަމަ އެމީހަކަށް ޖިސްމާނީގޮތުން ގެއްލުމެއް ދީފާނެކަމަށް ދޭހަވާތީ އެކަން ސާފުކުރުމަކީ ކަމާބެހޭ އިދާރާތަކުން ކުރަންޖެހޭ ކަމެއް ކަމަށް އިޙްސާން ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން