ސަރުކާރަށް ފާޑުކިޔާ މީހުންނަށް އަދަބު ދިނުމުގެ ބިރުވެރި މާޒީ އިއާދަކުރާތީ ކަންބޮޑުވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ އެމްޑީޕީގެ މީސްމީޑިއާ އެކްޓިވިސްޓް ޙުސައިން ޝާފިޢު މީސްމީޑިއާގައި ކޮށްފައިވާ ޓްވީޓެއްގެ މައްސަލަ ބެލުމަށް ފުލުހަށް ޙާޟިރުކުރުމަށް ޗިޓު ފޮނުވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ރައީސް ޞާލިޙް މިރޭ ވިދާޅުވީ މީސް މީޑިއާގައި މީހުން ކުރާ ޕޯސްޓުތަކަށް ފުލުހަށް ހާޒިރުކުރުމާއި ކައުންސިލްތަކަށް އިންޒާރުގެ ސިޓީ ފޮނުވުމަކީ ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތުން ހޯދި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.
ހަމައެއާއެކު ސަރުކާރަށް ފާޑުކިޔުން އަމާޒުކުރުމަކީ ކުށެއްގެ ގޮތުގައި ހަދައި އަދަބު ދިނުމުގެ ބިރުވެރި މާޒީ އަލުން އިއާދަކުރަން ސަރުކާރުން މަސައްކަތްކުރުމަކީ ކަންބޮޑުވާކަމެއް ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވެފައިވާއިރު ފުލުހުން ޝާފިޢު އަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ ނޮވެމްބަރު 8 ވަނަ ދުވަހު 01:14 ގައި ހަޑިހުތުރު ބަސް ބޭނުންކޮށްގެން ބިރުވެރިކަން އުފެދޭ ގޮތަށް، ސޯޝަލް މީޑިއާ ޕްލެޓް ފޯމެއް ކަމަށްވާ އެކްސް ގައި ޝާފިއު ޕޯސްޓެއް ކޮށްފައިވާ ކަމަށެވެ.
ޝާފިއު އަށް ފުލުހުން ޗިޓު ފޮނުވާފައިވާއިރު މިދިޔަ ހަފްތާގައި އެލްޖީއޭ އިން ވަނީ ރައީސްގެ އަބުރަށް އަރައިގަތް ކަމަށްބުނެ ގދ. ގައްދޫ ކައުންސިލްގެ ރައީސްގެ މައްސަލަ ބެލުމަށް އެކައުންސިލަށް އަންގާފައެވެ.
ޝާފިޢު ފުލުހުންގެ އިދާރާއަށް ޙާޟިރު ކުރުމުގެ މައްސަލާގައި ދާޚިލީ ވަޒީރު އިޙްސާން މިއަދު ވިދާޅުވީ އެމްޑީޕީގެ އެކްޓިވިސްޓް ޝާފިޢުގެ ޕޯސްޓުގައި ލިޔެފައި އޮތީ “މަށަށް ކަލޭ މަގެއްމަތިން ނުފެއްނާތި” މިހެން ކަމަށެވެ.
އަދި އެޖުމްލައިން ކޮންމެވެސް މީހަކަށް ނިސްބަތްކޮށް އެމީހަކު މަގެއްމަތިން ފެނިއްޖެނަމަ އެމީހަކަށް ޖިސްމާނީގޮތުން ގެއްލުމެއް ދީފާނެކަމަށް ދޭހަވާތީ އެކަން ސާފުކުރުމަކީ ކަމާބެހޭ އިދާރާތަކުން ކުރަންޖެހޭ ކަމެއް ކަމަށް އިޙްސާން ވިދާޅުވެފައިވެއެވެ.

ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކަށް ފުލުހަށް ހާޒިރުކުރުމާއި ކައުންސިލްތަކަށް އިންޒާރުގެ ސިޓީ ފޮނުވުމަކީ ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތުން ހޯދި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް. ސަރުކާރަށް ފާޑުކިޔުން އަމާޒުކުރުމަކީ ކުށެއްގެ ގޮތުގައި…
— Ibrahim Mohamed Solih (@ibusolih) November 30, 2024
ޝާފިއު އަށް ފުލުހުން ޗިޓު ފޮނުވާފައިވާއިރު މިދިޔަ ހަފްތާގައި އެލްޖީއޭ އިން ވަނީ ރައީސްގެ އަބުރަށް އަރައިގަތް ކަމަށްބުނެ ގދ. ގައްދޫ ކައުންސިލްގެ ރައީސްގެ މައްސަލަ ބެލުމަށް އެކައުންސިލަށް އަންގާފައެވެ.
ޝާފިޢު ފުލުހުންގެ އިދާރާއަށް ޙާޟިރު ކުރުމުގެ މައްސަލާގައި ދާޚިލީ ވަޒީރު އިޙްސާން މިއަދު ވިދާޅުވީ އެމްޑީޕީގެ އެކްޓިވިސްޓް ޝާފިޢުގެ ޕޯސްޓުގައި ލިޔެފައި އޮތީ “މަށަށް ކަލޭ މަގެއްމަތިން ނުފެއްނާތި” މިހެން ކަމަށެވެ.
އަދި އެޖުމްލައިން ކޮންމެވެސް މީހަކަށް ނިސްބަތްކޮށް އެމީހަކު މަގެއްމަތިން ފެނިއްޖެނަމަ އެމީހަކަށް ޖިސްމާނީގޮތުން ގެއްލުމެއް ދީފާނެކަމަށް ދޭހަވާތީ އެކަން ސާފުކުރުމަކީ ކަމާބެހޭ އިދާރާތަކުން ކުރަންޖެހޭ ކަމެއް ކަމަށް އިޙްސާން ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު