ރާއްޖޭގައި ދުންފަތް ބޭނުން ކުރާވަރު ކޮންޓްރޯލު ކުރުމަށް ޕްލޭނެއް ކަނޑައެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާ ގުޅިގެން ރާއްޖޭގައި ދުންފަތް ބޭނުން ކުރާވަރު ކޮންޓްރޯލު ކުރުމަށް ޕްލޭނެއް ކަނޑައެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އަދި މިހާރު މި ޕްލޭންގެ މަސައްކަތް ފެށުމުގެ ގޮތުން ޑަބްލިއުއެޗްއޯގެ ޓެކްނިކަލް ޓީމެއް ރާއްޖެ އައިސް ސްޓޭކް ހޯލްޑަރުންނާ ބައްދަލު ކުރަމުން ދާ ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
މި ސަރުކާރުން ދަނީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލު ކުރުމުގެ ގޮތުން ތަފާތު އެކި މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ބަލާއިރު ރާއްޖޭގައި ވޭޕްގެ ބާވަތްތަކުގެ ވިޔަފާރި ކުރުން މިހާރު ވަނީ މަނާކޮށްފައެވެ. އަދި މިމަހު 15 އިން ފެށިގެން ވޭޕްގެ ބާވަތްތައް ބޭނުން ކުރުންވެސް މަނާ ވާނެއެވެ.
އަދި ހަމަ އެހެންމެ ސިނގިރޭޓާއި ބިޑީގެ ޑިއުޓީ 50 އިންސައްތަ ބޮޑު ކޮށްފައިވާއިރު، ހީޓަޑް ޓޮބެކޯ ޕްރޮޑަކްޓު ތަކުން ނަގާ ޑިއުޓީވެސް ވަނީ 50 އިންސައްތަ ބޮޑުކޮށްފައެވެ.

Maldives is collaborating with @WHOMaldives to develop a long term multi sectoral tobacco control plan. A technical team from WHO is currently in Maldives to meet with key stakeholders. pic.twitter.com/y7tGPy3FOn
— Health Protection Agency (@HPA_MV) December 1, 2024
މި ސަރުކާރުން ދަނީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލު ކުރުމުގެ ގޮތުން ތަފާތު އެކި މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ބަލާއިރު ރާއްޖޭގައި ވޭޕްގެ ބާވަތްތަކުގެ ވިޔަފާރި ކުރުން މިހާރު ވަނީ މަނާކޮށްފައެވެ. އަދި މިމަހު 15 އިން ފެށިގެން ވޭޕްގެ ބާވަތްތައް ބޭނުން ކުރުންވެސް މަނާ ވާނެއެވެ.
އަދި ހަމަ އެހެންމެ ސިނގިރޭޓާއި ބިޑީގެ ޑިއުޓީ 50 އިންސައްތަ ބޮޑު ކޮށްފައިވާއިރު، ހީޓަޑް ޓޮބެކޯ ޕްރޮޑަކްޓު ތަކުން ނަގާ ޑިއުޓީވެސް ވަނީ 50 އިންސައްތަ ބޮޑުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު