ސަރުކާރެއްގެ ފުރަތަމަ އެއްއަހަރުގެ ތެރޭގައި ނުކުރާވަރުގެ ގިނަ މަސައްކަތްތައް މިވޭތުވެ ދިޔަ އެއްއަހަރު ތެރޭގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރަށްވާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގުރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވީ، ސަރުކާރެއްގެ ފުރަތަމަ އެއްއަހަރު ތެރޭގައި ނުކުރާވަރުގެ ގިނަ މަސައްކަތްތައް މިދިޔަ 1 އަހަރު ތެރޭގައި މި ސަރުކާރުން ކޮށްފައިވާ ކަމަށެެވެ. އަދި މި ވޭތުވެދިޔަ 1 އަހަރުގެ ތެރޭގައި ކުރީގެ ވެރިކަން ކުރެއްވި ބޭފުޅުންނަށް އަޅުއްވަން ކެެރިވަޑައި ނުގެންނެވި ވަރަށް ދަތި އުނދަގޫ ނިންމުންތައް ރައީސް މުޢިއްޒު ނިންމަވާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރަން އެއްވެސް ސަރުކާރަކުން ނުކުރާވަރުގެ މަސައްކަތް މި ސަރުކާރުން ކޮށްފައިވާ ކަމަށާއި، ޑޮލަރުގެ މައްސަލަ ހައްލުކުރަން ވަރުގަދަ ފިޔަވަޅުތަކެއް ސަރުކާރުން އަޅުއްވާފައިވާ ކަމަށެވެ.
އެގޮތުން ރާއްޖޭގެ ބޭންކްތަކުން ޑޮލަރު މާރުކުރަން ޖެހޭގޮތަށް މަރުކަޒީ ބޭންކުން އެކުލަވާލި ގަވާއިދަކީ ރައްޔިތުންގެ ހައްޤުގައި ނިންމި ނިންމުމެއް ކަމަށާއި އޭގެ ފައިދާ ވިޔަފާރިތަކަށް ކުރާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ބަޔަކު ހިތްހަމަނުޖެހުނު ނަމަވެސް ރައްޔިތުންގެ ހައްޤުޤައި ނިންމަވާ ނިންމެވުމެއް ރައީސް ބަދަލުނުކުރައްވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ސިންދަޕާތު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މީގެ ކުރިން ރާއްޖޭގައި ނެތް ސިނާއަތްތައް ކަމަށްވާ ފައިނޭންޝިއަލް ސެކްޓާ ވަރުގަދަ ކުރުމަށް ހަރުދަނާ ބިންގާތަކެއް މި އެއްއަހަރު ތެރޭގައި އަޅާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ރާއްޖޭގެ އިޤްތިޞާދީ ކުރިމަގު އަޅުގަނޑުމެންނަށް ފެންނަނީ ވަރަށް އުޖާލާކޮށް، ހުށައެޅިފައިވާ ބަޖެޓަށް ބަލާލިނަމަވެސް 2025 ވަނަ އަހަރު ތަރައްޤީގެ މަޝްރޫއުތައް ނުހިންގައެއް ފަރުޖެއްސޭކަށް ނެތް، ވަރަށް ގިނަ މަޝްރޫޢުތަކެއް ކުރިއަށް އެބަހުރި،" ޝިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު