ފިއުލް ސަޕްލައިގެ މޯލްޑިވްސްގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް އެއިން ލިބޭ ފައިސާއަށް ހިޔާނާތްތެރިވެ ފައިސާ ލޯންޑަރ ކުރަމުންދާކަމުގެ ޝައްކު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފިއުލް ސަޕްލައިގެ މުވައްޒަފުންތަކެއްގެ ހިޔާނާތުގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެެވެ. އަދި އެ މައްސަލައިގައި މިހާތަނަށް ފުލުހުންގެ ހާއްސަ ޓީމުތަކުން ވަނީ 10 މީހުންނާއި 2 ގެއެއް އަދި ތެޔޮ އުފުލާ ދެ ބާޖު ބަލައި ފާސްކޮށްފައި ކަމަށް އިހްސާން ވިދާޅުވިއެވެ. އަދި ތަހުގީގަށް ބޭނުންވާ މައްސަލައާއި ގުޅުން ހުރި އިލެކްޓްރޯނިކް ސާމާނާއި، ބައެއް ލިޔެކިއުންތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު އިހުސާން ވިދާޅުވީ ތަހުގީގު ކުރިޔަށްދާ ވަރަކުން ފުލުހުންގެ ފަރާތުން ދިވެހި ރައްޔިތުންނަށް މައްސަލައާއި ގުޅޭ އިތުރު ތަފްސީލު ހާމަކުރަމުން ގެންދާނެ ކަމަށެވެ. އަދި މިފަދަ މައްސަލަތައް ހޯދައި ފުރިހަމައަށް ތަހުގީގުކޮށް ވަކި މީހަކު އިސްތިސްނާ ނުވާ ގޮތަށް ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުން އިސްކަންދޭކަމަށް އިހުސާންގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
ފިއުލް ސަޕްލައިގެ މޯލްޑިވްސްގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް އެއިން ލިބޭ ފައިސާއަށް ހިޔާނާތްތެރިވެ ފައިސާ ލޯންޑަރ ކުރަމުންދާކަމުގެ ޝައްކުކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިސްމާއީލް ސުހައިލް ދާދި ފަހުން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
މީގެ ކުރިން އިމިގްރޭޝަންގެ އޮފިސަރުންތަކެއް ބިދޭސީންނާއި ގުޅޭ ކަންކަމުގައި ފައިސާ ނަގާ މައްސަލައެއް ފުލުހުން ވަނީ ބަލަން ފަށާފައެވެ. އެގޮތުން އިމިގްރޭޝަންގެ ފަސް އޮފިސަރެއްގެ މައްޗަށް ތުހުމަތުކުރެވޭ މި މައްސަލައިގައި ވެސް އެ މީހުން ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށް، އޮފިސަރުން ބޭނުން ކުރާ އިލެކްޓްރޯނިކް ސާމާނު ހިފަހައްޓާފައިވާ ކަމަށް ހޯމް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު